އެމްޑީޕީގެ ސްޕޯކްސް ޕާސަން ދެއްވާ ޕްރެސް ކޮންފަރެންސް

16.15 – އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ ދެއްވާ ޕްރެސް ކޮންފަރެންސެއް އެ ޕާޓީގެ މައި އޮފީހުގައި ފެށިއްޖެ

ބަޣާވާތަކުން ވެރިކަން ފޭރުމާ ހަމައިން ފެށިގެން ވަރަށް އަނިޔާވެރި ގޮތުގައި ރައްޔިތުންނަށް އަނިޔާކުރަން ފަށައިފި –

61 މީހުންގެ މުއްދަތު ޖަހާފައިވަނީ ގާނޫނާ ޚިލާފަށް. އެކަމާ އިޙްތިޖާޖް ކުރުމުގެ ގޮތުން އިއްޔެ ކްލިފް ބިޑިއަޅުވައިގެން ދިޔަ މީހުން ގަޔަށް ލޮނުޖަހައި، މުގުރުން ތަޅައި ވަރަށް ބޮޑަށް އަނިޔާވެރިވި

އެ ގޮތަށް ރައްޔިތުންގެ މައްޗަށް ވެރިކަން ކުރި ދުވަސް މާޒިވެ ހިނގައްޖެ. މިހާރު ވެރިކަމެއް އެ ގޮތަކަށް ނުހިފެހެއްޓޭނެ.

މި ގޮތަށް ހައްޔަރުކުރާ ކުދިން ބޮލުގައި ޑްރަގް ގެ އިލްޒާމް އަޅުވައި، މުސީބާތް ޖައްސުވަމުން އެބަގެންދޭ

ފުލުހުންގެ ރަޔަޓް ގިއަރުގައި ތިބި މީހުން ރާ ބޮއިގެން ރައްޔިތުންގެ ގައިގައި ތަޅަމުން ގެންދިޔައީ. ބައެއް ފުލުހުން ވެއްޓެން ވެސް ވެއްޓުނު.

މައުސޫމް މީހުންގެ ގައިގައި ވެސް ތަޅައިގެނެއްޖެ

ސިޓީއެއް ރައްދުކުރުމަށް ސުލްހަވެރިކަމާ އެކު ރައީސް އޮފީސް ދޮށަށް މިއަދު ދިޔަ. މާދަމާ ވެސް މި ހަރަކާތް ކުރިޔަށް ދާނެ. ބާޣީ ވެރިޔާއަށް މި ފޮނުވި ސިޓީގައި ކެބިނެޓުން އޭނާ އާއި ބަޣާވާތާއި ބެހޭ ގޮތުން ސުވާލުކުރެއްވުމުން ޖަވާބު ނުދެއްވީ ކީއްވެތޯ ސާފްކުރުމަށް އެދިފައިވާނެ.

ހޯރަ އިއްބެ އަދި ތޮލްހަތު ފުލުސް އޮފީހަށް ހާޒިރު ކުރި އަދި ޒިޔައްޓޭ ވެސް ހާޒިރުކުރާ ގޮތަށް އޮތީ

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ކަމަށްވާ މާރޗް މަހުގެ 8 ވަނަ ދުވަހު އެމްޑީޕީގެ އަންހެން ސަޕޯޓަރުން ބަޣާވާތާ ދެކޮޅަށް ހަރަކާތްތަކެއް ހިންގާނެ.

ވަރަށް ގިނަ ބަޔަކު ހައްޔަރުކޮށް އެ މީހުންގެ އަނގަޔަށް ރާ އެޅިކަމުގެ މައުލޫމާތު ލިބިފައިވޭ. ފުލުހުންގެ ބަޔަކު ރާ ބޮއެގެން ތިބި ކަމާއި، އެމީހުން ދުއްވައިގަތުމުން ވެއްޓޭ ކަމަށާއި، މަގުމައްޗަށް ހޮޑުލާ ކަމަށާއި، ފުލުހުންގެ އެއްވެސް ކޮންޓްރޯލް އެއް ނެތް ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށް މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިބެ ރޭ ގުޅުއްވާފައި ބާޣީ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރުގެ އަރިހުގައި ވިދާޅުވި

ޕާޓީގެ ނިންމުންތަކެއް ނިންމާފައިވަނިކޮށް އެމްޑީޕީގެ ރައީސް ޑރ.ޑީޑީ ވެސް ބާޣީ ސަރުކާރާއެކު އެސަރުކާރުގައި ބައިވެރިވުމަށް، ވާހަކަދައްކަވަފާނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިންތި ވިދާޅުވި