ބާޣީ ސަރުކާރު ހުއްޓުވުމަކަށް ގެނައުމަށް ތާރީޚެއް ކަނޑައެޅުމަށް އެމްޑީޕީގައި އެދިވަޑައިގަންނަވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ބާޣީ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރު ޢަބްދުﷲ ރިޔާޒުގެ މައްސަލަ ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓަށް ހުށައަޅުއްވާނެކަމުގެ އިޝާރާތެއް ވެސް ރައީސް ނަޝީދު ކުރެއްވި

hep1

ބާޣީ ސަރުކާރު ހުއްޓުމަކަށް ގެނެސް، އެ ސަރުކާރުގެ ބާޣީ ރައީސަށް އޮފީހަށް ވަޑައިނުގެންނެވޭވަރު ކުރުމަށް ތާރީޚެއް ކަނޑައެޅުމަށް އެމްޑީޕީގައި އެދިވަޑައިގަންނަވާނޭ ކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންސާފުގެ މައިދާނުގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެންވެސް ހަރަކާތްތަކެއް ހިންގުމަށް ދިވެހި އަންހެނުން ތައްޔާރުވަމުންދާކަމަށެވެ.

އިންސާފުގެ މައިދާނުގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެންވެސް ހަރަކާތްތަކެއް ހިންގުމަށް ދިވެހި އަންހެނުން ތައްޔާރުވަމުންދާކަމަށެވެ.
އަދި އަންހެން ބޭފުޅުން ޖޯޝާއި ފޯރީގައި މިފަދަ ހަރަކާތްތަކުގައި ބައިވެރިވަމުންދާތީ ރޭ ހައްޔަރުކުރި ހުރިހާ އަންހެނުންވެސް ފުލުހުން ހިފަހައްޓާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަންހެނުންގެ ދުވަހުގެ ހަރަކާތްތަކުގެ އިތުރުން ބާޣީ ސަރުކާރު މުޅިން ހުއްޓުވުމަކަށް ގެނައުމަށް އިހްތިޖާޖްކުރުމަށް ދުވަހެއް ކަނޑައަޅަައި ދިނުމަށް އެމްޑީޕީގައި އެދިވަޑައިގަންނަވާނެކަމަށްވެސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ރައްޔިތުންނަށް ބާޣީ ސަރުކާރުން ދެމުންގެންދާ އަނިޔާތައް އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަ ޖަމާޢަތްތަކުންވެސް ގާތުން ބަލަމުން ގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ހިނގަމުންދާ ޑިމޮކްރަސީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެމެރިކާގައިވެސް ސާޅީސްހާސް މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފައިވާކަމަށާއި އިންގިރޭސިވިލާތާއި ޖަރުމަނުންވެސް މި އެއްވުންތަކުގައި ބައިވެރިވުމަށް ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޑިމޮކްރަސީގެ އެއްވުންތަކުގައި ބައިވެރިވުމަށް މުޅި ދުނިޔެއަށް ގޮވާލާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިން ޖަލުގައި އަނިޔާކުރި މައްސަލައާއި އެކަންކަން ކުރީ ކޮންބައެއްކަންވެސް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެ ކަންކަން ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓަށް ހުށަނާޅާ މަޑުކުރެއްވީ ރާއްޖޭގައި އެފަދަ ބޮޑެތި ލާއިންސާނީ ޢަމަލުތައް ހިންގައިފައި ވުމަކީ ލަދުވެތިކަމަކަށްވާތީ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ..

އަދި އަބްދުﷲ ރިޔާޒަކީ އީވާން ނަސީމުގެ މަރުގެ މައްސަލަ ހިނގިއިރު އެކަންކަން ބަލައި ރާވާ ހިންގުމަށް ޖަލުގައި އިސްކޮށް ހުންނެވި ބޭފުޅާކަމަށާއި އަބްދުﷲ ރިޔާޒަކީ މިފަދަ އަނިޔާތަކުގައި ޝާމިލްވާ ފަރާތެއްކަމަށް ވިދާޅުވެ، މީގެ އިތުރުން ވެސް އަބްދުﷲ ރިޔާޒަކީ ނާޖާއިޒް އެތައް ވިޔަފާރިއެއް ކުރައްވާ ބޭފުޅެއްކަމަށާއި އަތޮޅުގައި ތެޔޮވިއްކުމާއި އޮޑި ދޯނިފަހަރު ބަނުމުގެ ވިޔަފާރިތައްވެސް އަބްދުﷲ ރިޔާޒް ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.