ނޫސް ބަޔާން: އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީގެ މަގާމުގައި ހުރި ފަރާތް ޕާޓީން ވަކިވުން

mdp-logo

މި ޕާޓީގެ ޗެއަރޕާސަން ނައިބު (އިދާރީ)ގެ މަގާމަށް އިންތިޚާބުވެފައިވާ މުޙަންމަދު އިމްތިޔާޒް، 28 ފެބްރުއަރީ 2012 ވީ އަންގާރަ ދުވަހު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމާ ގުޅިގެން އޭނާގެ ނަން މި ޕާޓީގެ މެންބަރުންގެ ދަފްތަރުންވާނީ އުނިކޮށްފައެވެ.

އެމްޑީޕީގެ އެއްވެސް އިންތިޚާބީ މަގާމަކީ މުސާރަދޭ މަގާމެއް ނޫން ކަމަށް މި ޕާޓީގެ ގައުމީ މަޖިލީހުގެ އަޣްލަބިއްޔަތުންވާނީ ފާސްކޮށްފައެވެ. އަދި މި ޕާޓީން އަބަދުވެސް ޢަމަލުކުރަމުން ގެންދަނީ އެގޮތުގެ މަތީންނެވެ. އަދި އެމްޑީޕީގެ ޗެއަރޕާސަން ނައިބުގެ މަގާމަކީ ހިލޭސާބަހަށް މަސައްކަތްކޮށްދެއްވާ ފަރާތްތަކަށް މި ޕާޓީން ހުޅުވާލާފައިވާ ޝަރަފްވެރި، އިންތިޚާބީ މަޤާމެއްކަން ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް