ހައްޔަރު ވިޔަސް ހެޔޮކަމަށް ބާޣީ ސަރުކާރާ ދެކޮޅަށް އިޙްތިޖާޖްކުރުމަށް ގިނަ ބަޔަކު ނަންނޯޓް ކުރަމުން އެބަދޭ

ލޮނުޒިޔާރަތްކޮޅު އިންސާފުގެ މައިދާނުގައި ހުންނަ މިކަމަށް ޚާއްސަ މޭޒެއްގައި މިހާރު ވެސް ނަންނޯޓު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން

mdp-muzaahara

ހައްޔަރު ވިޔަސް ހެޔޮކަމަށް ބާޣީ ސަރުކާރާ ދެކޮޅަށް އިޙްތިޖާޖްކުރުމަށް ގިނަ ބަޔަކު ނަންނޯޓް ކުރަމުން އެބަދެއެވެ.

ލޮނުޒިޔާރަތްކޮޅު އިންސާފުގެ މައިދާނުގައި ހުންނަ މިކަމަށް ޚާއްސަ މޭޒެއްގައި މިހާރު ވެސް ނަންނޯޓު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުވިޔަސް ހެޔޮކަމަށް، “ޗިސްޗިސްވެ ފިސް ފިސް ވިޔަސް މަރަށް ފުރާނައަށް ބިރުން ބާޣީ އަކަށް ނުވެވޭނޭ” ކަމަށް ބުނެ ނަން ނޯޓް ކުރަމުންދަނީ ބާޣީ ސަރުކާރުގެ ކިބައިން މި ގައުމު ސަލާމަތް ކުރުމުގެ އަޒުމުގައެވެ.

ބާޣީ ސަރުކާރާ ދެކޮޅަށް ގިނަ ބަޔަކު ހައްޔަރުވިޔަސް ހެޔޮކަމަށް އިޙްތިޖާޖަށް މި ނިކުންނަނީ ދިވެހިރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާމެދު ސުލްވެރި ގޮތުގައި ހިނގަމުން އަންނަ ޙަރަކާތްތައް ހުއްޓުވުމަށް ދިވެހި ފުލުހުންނާއި ދިފާޢީ ބާރުތަކުން ހުރަސް އަޅަމުން އަންނާތީވެ އެކަމާ އިޙްތިޖާޖުކޮށް ޅަފަތުގައި އޮތް ރާއްޖޭގެ ޑިމޮކްރަސީ ހިމާޔަތްކުރުމަށް ހައްޔަރުވުމަށް ނިކުތުމަށް ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް މުޙަންމަދު ނަޝީދު ގޮވާލައްވާފައިވާތީ އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.