އެމްޑީޕީގެ ޕްރެސް ކޮންފަރެންސް

9:00-އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބާއްވާ ޕްރެސް ކޮންފަރެންސެއް އެ ޕާޓީގެ މައި އޮފީހުގައި ފެށިގެން ކުރިޔަށް އެބަދޭ

މި ޕްރެސް ކޮންފަރެންސް ގައި ބައިވެރިވެވަޑައިގެންނަވަނީ ޤާނޫނީ ވަކީލު އަލްއުސްތާޛްޢަހުމަދު ޢަބްދުﷲ އަފީފް އާއި އަލްއުސްތާޛް ޢަބްދުﷲ ޝާއިރު

މީގެ ކުރިން ކުރާ މުޒާހަރާތަކުގައި ހައްޔަރުކުރެވޭ މީހުން ގިނަ ފަހަރަށް ހަމަ އެދުވަހު ދޫކޮށްލާ ކަމަށާއި، ކޯޓުން މުއްދަތު ޖަހަނީ ވެސް އެއް ދުވަސް ދެ ދުވަހަށް ކަމަށް އަފީފް ވިދާޅުވި. ނަމަވެސް މިހާރު ތަފާތުކުރުން ގެންގުޅޭ ކަމަށް ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވި

ޝާއިރު ވިދާޅުވީ ގިނަ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން އެ ސަރަހައްދު ދޫކޮށްދާން ބުނުމުން ނު ދިއުމުން އަމުރަށް ނުކިޔަމަންތެރިވެގެން ކަމަށް ބުނެ ކަމަށް.
މި މިންވަރަށް މުއްދަތު އިތުރުކުރަމުން ނުދޭ.

ފުރަތަމަ މުއްދަތު އިތުރުކުރަމުން ދިޔަ ގާޒީ މީހުން ވައްދައިގެން ސުވާލުކުރުމަށް ފަހު، ފަހުން މުއްދަތު އިތުރު ކުރަމުން ދިޔައީ ފުލުހުން ދިން ލިސްޓެއްގައި ހުރި މައުލޫމާތަށް ބަލައިގެން ކޮންމެ މީހަކަށް 5 ދުވަސް ޖަހަމުން ދިޔައީ.

ނަމަވެސް ފަހުން މީހުން ގިނަ ކަމުން އިތުރު ގާޒީއެއް ގެނައުމުން ހަމަ އެ މައްސަލައިގައި އެ ގާޒީ ޖަހަމުން ދިޔައީ 2 ދުވަސް ކަމަށް ޝާއިރު ވިދާޅުވި
އަދި އެހެން ގާޒީއަކު 2 ދުވަސް މާ މަދު ކަމަށް ބުނުމުން 3 ދުވަސް ޖަހަން ފެށި ކަމަށް ވިދާޅުވި

ފުލުހުންނާ އެއްވެސް ހެއްކެއް އެބަހުރިތޯ ސުވާލުކުރުމުން ވިދާޅުވީ ވީޑިއޯ ފޫޓޭޖާއި ފޮޓޯ އެބަހުރި ކަމަށާއި، ނަމަވެސް މި މީހުން އެކަމުގައި ހިމެނޭކަން ކަނޑައެޅިގެން ދެންނެވޭނީ އެ ބެލުމަށްފަހު ކަމަށް ވިދާޅުވި

އަޅުގަނޑު ހަމަ ހައިރާންވެފަ ހުރީ އެ ސީންގައި ވެސް ނެތް ފުލުހަކު ބުނާ ބުނުމަކަށް ކޯޓުން މުއްދަތު އިތުރުކުރަމުންދިޔައިމަ. ކުށެއް ކުރިޔަސް މީހަކު ބަންދު ކުރަން ޖެހޭނީ ހެއްކާއި ގަރީނާއަށް ބެލުމަށްފަހު ކަމަށް އަފީފް ވިދާޅުވި

މި މައްސަލަ ހައިކޯޓަށް ހުށަހަޅާނޭ ކަމަށް އަފީފް ވިދާޅުވި

ފުލުހުން ރޭގަ ބަންދުކުރީ ހެކި ހުރިތޯ ބެލުމަށް ކަމަށް ޝާއިރު ވިދާޅުވި. އަދި އެގޮތަށް މީހުން ބަންދުކުރެވޭނޭ އެއްވެސް އުސޫލެއް ނޯންނަ ކަމަށް ޝާއިރު ވިދާޅުވި

ދެ މީހަކު ހައްޔަރުކުރީ ހުކުރު މިސްކިތް ކައިރިން. އެހެން ނަމަވެސް އިއްޔެ ސެކިއުރިޓީ ހުރި ގޮތުން އެ ހިސާބަށް ދެވިދާނޭ ކަމަކަށް ގަބޫލެއް ނުކުރެވޭ

ޤާނޫނާ ޚިލާފަށް 60 އެތައް މީހަކު ހައްޔަރުކޮށްފައިވާތީ އެކަން ހައި ކޯޓުގައި އިސްތިއުނާފްކުރަން ބޭނުންވާ ކަމަށް ވިދާޅުވި

ފުލުހުން އެ ހާދިސާ ހިނގި ސަރަހައްދުން މީހުން ހައްޔަރުކުރި ކަމަށް ބުނި ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރީ ގޭ ދޮރުމަތިން ކަމަށް ބުނާ ކަމަށް ޝާއިރު ވިދާޅުވި

އަފީފް ވިދާޅުވީ އެންމެ ފުރަތަމަ ވެއްދި މީހާގެ އެއްވެސް ހެއްކެއް ނެތޭ ފުލުހުންގެ އޮފިސަރު ވިދާޅުވީމާ ގާޒީ އެމީހާ ދޫކޮށްލެއްވި ކަމަށާއި އެހެން ނަމަވެސް ފަހުން އޮފިސަރާއި ގާޒީ
އެކަހެރިވުމަށްފަހު ތައްގަނޑެއް ޖަހާހެން މުއްދަތު އިތުރުކުރަމުން ދިޔަ ކަމަށް

އަޅުގަނޑުމެން ތަކުރާރުކޮށް ސުވާލުކުރުމުން ގާޒީ ވިދާޅުވީ އެހެން ނަމަވެސް އޭ. އަޅުގަނޑުމެން އިންސާފްގެ ދަތުރަށް ނިކުމެ މިތިބީ އެހެން ނަމަވެސް އޭ ކިޔާފައި ގާޒީން ހުކުމްތައް ކުރަމުން ދިއުމާ ދެކޮޅަށް ކަމަށް އަފީފް ވިދާޅުވި