އެމްޑީޕީން ބާއްވާ މާމަ ކާފަ މަންމަ ބައްޕަ ހަވީރެއް މިއަދު އިންސާފުގެ މައިދާނުގައި އޮންނާނެ

freedom-parade

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން އިންތިޒާމްކޮށްގެން ” މާމަ ކާފަ، މަންމަ ބައްޕަ ހަވީރު” ގެ ނަމުގައި ބާއްވާ ވަރަށް ޚާއްސަ ހަވީރެއް މިއަދު ހަވީރު 4.00 އިން ފެށިގެން ރާޅުގަނޑު ސަރަހައްދުގައި އޮންނަ ” އިންސާފުގެ މައިދާނު” ގައި އޮންނާނެއެވެ.

މި ހަވީރަށް ވީހާވެސް ގިނަ މާމަ އިންނާއި، ކާފައިން އަދި މަންމަ އިންނާއި ބައްޕައިން ހާޒިރުވެދިނުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އެދުމެކެވެ.

އެމްޑީޕީން މާމައިންނާއި ކާފައިންނަށް އަދި މަންމައިންނާއި ބައްޕައިންނަށްޚާއްސަކޮށްގެން މިފަދަ ޙަރަކާތެއް ބާއްވާއިރު، އެ ޕާޓީގެ ސަރުކާރަކީ އުމުރުން ދުވަސްވީ މީހުންނާއި އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ އިނާޔަތްތަކެއް ދެމުންދިޔަ ސަރުކާރެކެވެ.