ރައްޔިތުންގެ ވެރިކަން ޚިޞާރުކޮށްގެނެއް ނުތިބެވޭނެ. ބޭނުމީ އަވަސް އިންތިޚާބެއް – އެމްޑީޕީ

މިހިނދަކީ ރާއްޖޭގެ ތާރީޚުގައި ދިވެހި އަންހެނުންގެ ނަން ރަން ރީދުލުން ފަވާލެވޭނެ ތާރީޚީ ހިނދުކޮޅެއް

dscn15801

ރައްޔިތުންގެ ލޮލުގެ ކުރިމަތީގައި 7 ފެބްރުއަރީ 2012 ވީ އަންގާރަ ދުވަހު ރޯމާދުވާލު ހިނގާދިޔަ ހިތާމަވެރި ކާރިޘާ އަކީ އެތަކެއް ރައްޔިތުންގެ ލޮލުން ލޭހިލުވާލި ކާރިޘާއެކެވެ.ރައްޔިތުންނަށް ދެން ބަލަން ނުތިބެވުނީކަން މިފެންނަ މަންޒަރުތަކުން ހާމަވެގެންދެއެވެ.

އެހެންކަމުން ބާޣީ ވަހީދު އަށް ދެންމަޖުބޫރު ވެގެންދާނީ މަގާމުގެ ބާރުތައް ދޫކޮށްލާށެވެ. ގައުމުގެ ރައްޔިތުން ނުކުމެ އޭނާއަށް މަޖުބޫރު ކުރަމުންދާއިރު ރައްޔިތުންގެ އަޑު ނައައްސަވާ އެއިންނަވަނީ އޭނާ ވެރިކަމަށް ހުރި ދަހިވެތި ކަމުގެ ބޮޑުކަމުންނެވެ. ރައްޔިތުން ހަނާ ވަމުންދާއިރު ބާޣީ ވަޙީދުގެ ހިތަށް އެއްވެސް އަސަރެއް ނުކުރަނީ ރައްޔިތުންނަށްވުރެ ބޮޑަށް އޭނާ ވެރިކަން ދެކެ ލޯބިވާތީ އެވެ.

އަދި އޭނާ ވެރިކަމުގެ ބާރުތައް ދޫކޮށްލައިފިނަމަ ބަޑި ބޭނުންކުރާނަމޭ ބަޣާވާތުގެ ބައެއް ލީޑަރުންބުނެފައިވާ ކަމުގެ އަޑުތައްވެސް ދަނީ ފެތުރެމުންނެވެ.

މިހިނދަކީ ރާއްޖޭގެ ތާރީޚުގައި ދިވެހި އަންހެނުންގެ ނަން ރަން ރީދުލުން ފަވާލެވޭނެ ތާރީޚީ ހިނދުކޮޅެކެވެ. ރާއްޖޭގެ އަންހެނުން ގައުމަށްޓަކާ ކުރަމުންއެދާ ގައުމީ ޖިހާދަކީ މިބިމުން ދުވަހަކުވެސް އެކަނބަލުންގެ ޖިހާދީ ރޫޙު ފިލާނުދާވަރުގެ ޖިހާދެއްކަމުގައި މެނުވީ ނުވާނެއެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބޮނޑިކޮށް ރައްޔިތުންގެ ކުރިމައްޗަށް ގުޅަކަށް ޖަހާ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުން ނުހަނު ލޯބިވާ ރައީސުލްޖުމްހޫރިއްޔާއަށް ބިރުދައްކާ އެމަނިކުފާނު ހަވަރަށް ދޭނެކަމުގެ ބިރު ދައްކައިގެން ދިވެހިންގެ ވެރިކަން ސަލާމަތީބާރުގެ ތެރެއިން ފޭރިގެންފައިވާތީ ރާއްޖޭގެ މުޅިރައްޔަތް އެވަނީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފައެވެ.

އެހެންކަމާއެކު ރައްޔިތުން މިއަދު ނުކުމެ އެތިބީ ރައްޔިތުންގެ ހައްގެއް ހޯދުމަށްޓަކާ ނޫން އެހެން އެއްވެސް މަގުޞަދެއް ނެތި އެވެ. ސަލާމަތީ ބާރުގެ ތެރޭގައި ތިބި ގައުމަށް ވަފާތެރި އެއްހާސް ސިފައިން އެތެރޭގައި ހައްޔަރު ކުރި ކަމުގައިވިޔަސް ރައްޔިތުން މިއަދަކު ގުޑާލާނޭކަމަކަށް ނުފެނެއެވެ. ދިވެހިރައްޔިތުން އިހުތިޖާޖުކުރަމުންއެދަނީ ރައްޔިތުންގެ ޙައްގެއް ހޯދުމަށްޓަކާ ގާނޫނީ ހަމަތަކާ އުޞޫލުތަކުގެ މަތިން ކަމަށް ވީތީއެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި ބާޣީ ވަހީދު މަގާމުގެ ބާރުތައް ދޫކޮށްލާނޭކަމުގެ ޢިޝާރާތެއް މަޖިލީހުގެ ބައެއް މެންބަރުންނަށް ދީފައިވީ ނަމަވެސް
ރިޔާސީބަޔާން ނުއިއްވޭނޭކަމަށް އެބުނަނީ ރާއްޖޭގެ ރައްޔިތުންނެވެ. ޢަޣްލަބިއްޔަތަށް ތާޢީދުނުކޮށް ރައީސުލް ޖުމްހޫރިއްޔާ އިއްވަންޖެހޭ ބަޔާނެއް ގާނޫނީ ހަމަތަކުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ނޫންމީހަކު އިއްވަން އުޅުމަކީ ވެސް ބަޣާވާތް ކުރުން ކަމުގައި މެނުވީ ނުވާނެއެވެ.

ރައްޔިތުންގެ މަޖިލީސް ކިލަބު ވެއްޖެނަމަ ރައްޔިތުން ދެން މިރާއްޖޭގައި ތިބެން އުޅޭނޭކަމެއްނެތެވެ. އެހެންކަމާއެކު ގައުމަށްވަފާތެރި ރައްޔިތުން މިއަދު މަސައްކަތް ކުރަމުން އެދަނީ އެކަން ވިޔަނުދިމަށެވެ. މިފަދަ ހަޑިމުޑުދާރުކޮށް ދިވެހި ވެރިކަން ފޭރިގެންފައިވާ އަނިޔާވެރި ބައެއްގެ ކިބައިން ގައުމު ސަލާމަތް ކުރުމަށްޓަކާ މުޅި ގައުމު އެވަނީ އެއްވެފައެވެ. ފުލުހުންނާ ސިފައިންގެ ތެރެއިން އިސްއޮފިސުން ތަކެއް ބާޣީވަހީދު އިސްތިއުފާ ދިނުމަށް އެދެމުން ދާކަމަށްވެސް ބައެއްޚަބަރުތައް ބުނެއެވެ.