އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ ކަމުން އިސްތިއުފާދިން އިމްތިޔާޒް އިސްތިއުފާދިނީ މަނީމަނީ ޔޭސް ސަރ އާ ގުޅުންހުރި ކަމަކަށް ވުން އެކަށީގެންވޭ – އެމްޑީޕީގެ ސްޕޯކްސްޕާސަން

haruge-dheneh-nukiyeyne-20-01-2012-40

އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ ކަމުން އިސްތިއުފާދިން މުހައްމަދު އިމްތިޔާޒް އިސްތިއުފާދިނީ ރިޝްވަތާއި ގުޅުންހުރި ކަމެއް ގައި ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ތުހުމަތުކުރައްވައިފިއެވެ.

މިއަދު އެމްޑީޕީ މައި އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު އިންތި ވިދާޅުވީ މުޙައްމަދު އިމްތިޔާޒް އިސްތިއުފާ ދިނީ ” މަނީމަނީ ޔޭސް ސަރ އާ ގުޅުންހުރި ކަމަކަށް ވުން އެކަށީގެންވާ” ކަމަށެވެ. އަދި ޕްރެސް ކޮންފަރެންސް ގައި އޭނާ އިސްތިއުފާދިން ވާހަކަ ނުދެއްކެވީ އެއީ އެމްޑީޕީން މާ ބޮޑު ސަމާލުކަމެއްދޭ ކަމަކަށް ނުވާތީ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

މީގެ އިތުރުން އިންތި ވަނީ މުޙައްމަދު އިމްތިޔާޒް އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީގެ މަގާމަށް އައުމަށް އިންތިގެ ނަން ވަރަށް ބޮޑަށް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

” އެމްޑީޕީގެ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އެ އިންތިއަށް ގުޅީމަ އޭނަ ބުނާ ކަމަށްވޭ، މަޖިލީހުގަ ވަރަށް ބިޒީއޭ. ފަހުން ގުޅާލާށޭ. އަދި ބައެއް ފަހަރު އޭނާ ހުޅުމާލެއިން ކުއްޔަށް ހިފާފައި ހުންނަ ތަންތަނުގެ ކުލި ނުދައްކާ ހުރެގެން ވެސް އަޅުގަނޑު ކަމަށް ހީކޮށް ބައެއް މީހުން އަޅުގަނޑަށް އެބަގުޅާ. އެހެން ވީމަ ވަރަށް ބޮޑަށް އެބަބެލެވޭ ދެ ނަން އެއްގޮތްވީމަ އޭނަ އޭގެ ނާޖާއިޒް ފައިދާ ނެގީ ކަމަށް” ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އިންތި މިއަދު ވިދާޅުވިއެވެ.

މީގެ އިތުރުން މާދަމާ ރައްޔިތުންގެ މަޖިލީހުގައި ބާޣީ ވަޙީދު ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށް އެމްޑީޕީގެ ހަރަކާތްތައް ރޭވިފައިވަނީ ކިހިނެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އިންތި ވިދާޅުވީ، އެކަން ވަކި ގޮތަކަށް ނިންމާނީ މިހާރު ކުރިޔަށްދާ ޕާޓީތަކުގެ ވާހަކައިން ނިކުންނަ ނަތީޖާއަކަށް ބެލުމަށް ފަހު ކަމަށެވެ. އަދި މިރޭ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވައި ގޮތްތަކެއް ކަނޑައަޅާނޭ ކަމަށާއި، “ޕީސް ޓޯކް” ކުރިޔަށް ދިޔަ ނަމަވެސް އެމްޑީޕީން މިހާރު ހިންގަމުންދާ ޙަރަކާތްތައް ހަމަ ބާރަށް ކުރިޔަށްދާނޭ ކަމަށް އިންތި ވިދާޅުވިއެވެ. އެ ގޮތުން މިހާރު ކުރިޔަށްދާ “ވެހިކަލް ބުރާއި” މިއަދާއި މިރޭ ކުރިޔަށްދާ ފަންނާނުންގެ ސްޓޭޖް ޝޯވް އާއި މިއަދު ކުރިޔަށްދާ ސާރފް ކުރުމުގެ ހަރަކާތްތައް އިންތި ފާހަގަކުރެއްވިއެވެ.