އަނިޔާ ހުއްޓުވުމާއި އަވަސް އިންތިޚާބަކަށް ގޮވާލުމަށް ބާއްވާ ސުލްޙަވެރި ވެހިކަލް ބުރެއް މިއަދުހަވީރު މާލޭގެ މަގުތަކުގައި އޮންނާނެ

މި ރެލީ ފެށޭނީ މިއަދު ހަވީރު 4 ޖަހާއިރު 3 ބާރު ވަކިކުރާ ސަރަހައްދުން

picture-2282

ރާއްޖޭގެ ގާނޫއަސާސީ އާ ޚިލާފަށް ބަޣާވާތަކުން ދިވެހިންގެ ގާނޫނީ ވެރިކަން ފޭރިގަނެ ދިވެހި ސިފައިންނާ ފުލުހުން ދިވެހިރައްޔިތުންގެ މައްޗަށް ހިންގަމުންދާ ލާއިންސާނީ އަނިޔާ ހުއްޓުވުމަށާއި، އަދި ފޭރިގެންފައިވާ ރައްޔިތުންގެ ވެރިކަން ތާހިރު ކުރުމަށްޓަކާ އަވަސް އިންތިޚާބެއްބޭއްވުމަށް ގޮވާލާ ސުލްޙަވެރި ވެހިކަލް ބުރެއް މިއަދު މާލޭގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ އެމްޑީޕީގެ މެންބަރުންނާ ސަޕޯޓަރުންނާ އަދި އެމްޑީޕީއަށް ހެޔޮއެދިވަޑައިގަންނަވާ ބޭފޫޅުން މި ސުލްހަވެރި ބުރުގައި ބައިވެރިވެ ވަޑައިގެން ދެއްވުމަކީ އެމްޑީޕީގެ އެދިލެއްވުމެކެވެ.

މާލޭގައި މިއަދުހަވީރު ބޭއްވޭ ވެހިކަލްބުރަކީ ހުރިހާވައްތަރެއްގެ އެއްގަމު އުޅަނދުފަހަރުގައި އެމްޑީޕީއިން ބާއްވާ ވަރަށް ސުލްޙަވެރި ދުއްވާލުމެއް ކަމުގައިވެސް ވެސް އެމްޑީޕީން ބުނެއެވެ.

އެހެންކަމާއެކު ބަޣާވާތާ ދެކޮޅު އެންމެހާ ފަރާތްތަކުން މިރެލީގައި ބައިވެރި ވެދެއްވުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އެދުމެކެވެ މި ރެލީ ފެށޭނީ މިއަދު ހަވީރު 4 ޖަހާއިރު 3 ބާރު ވަކިކުރާ ސަރަހައްދުންނެވެ.