ރައްޔިތުންނާއި ބައްދަލުވުމުގެ ފުރުސަތު ލިބުނީ އިސްތިޢުފާ ދެއްވުމުން – ރައީސް ނަޝީދު

raees-kulhushuffushi-450-x-255

މިއަދު ރައްޔިތުންނާއި ބައްދަލްވެ ރައްޔިތުންގެ ކަންކަން ބެލުމުގެ ފުރުސަތު ލިބުނީ ރައީސް ކަމުން އިސްތިޢުފާ ދެއްވުމުންކަމަށް ރައްޔިތުން އިންތިހާބްކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިމަހުގެ ހަތްވަނަ ދުވަހު ބަޣާވާތްކުރި މީހުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ދިނީ އެއްގަޑީއިރުގެ މުހުލަތެއްކަމަށާއި އެމުހުލަތުގައި އިސްތިއުފާ ނުދީފިނަމަ ފުރާނަ ސަލާމަތްކޮށް ނުދެވޭނެކަމަށް ސިފައިންނާއި ފުލުހުންބުނިކަމަށެވެ.

ކުޅުދުއްފުށީގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިމަހުގެ ހަތްވަނަ ދުވަހު ބަޣާވާތްކުރި މީހުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ދިނީ އެއްގަޑީއިރުގެ މުހުލަތެއްކަމަށާއި އެމުހުލަތުގައި އިސްތިއުފާ ނުދީފިނަމަ ފުރާނަ ސަލާމަތްކޮށް ނުދެވޭނެކަމަށް ސިފައިންނާއި ފުލުހުންބުނިކަމަށެވެ.

” ސިފައިންނާއި ފުލުހުން އަޅުގަނޑަށް މުހުލަތެއް ދިނީ އެއްގަޑިއިރުގެ ތެރޭގައި އިސްތިއުފާ ނުދީފިނަމަ އެ މީހުންނަށް ދެން އަޅުގަނޑުގެ ފުރާނަ ސަލާމަތްކޮށް ދެވެން ނޯންނާނެ ކަމަށް. އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކަށްވީ ރާއްޖެ ހަމަނުޖެހުމަށް ވެއްޓިދާ ބާވަތުގެ ކަމެއް މި ރާއްޖޭގެ ފުރަމާލޭގައި ހިނގައިނުދިޔުން. އަދި އަޅުގަނޑަށް ބަނޑޭރިގެއިން ނުކުމެގެން އަލުން އަނބުރާ ތިޔަ ބޭފުޅުންގެ ގާތަށް އާދެވޭނެ ފުރުސަތެއް ހޯދުމަށްޓަކައި އަޅުގަނޑަށް މަޖުބޫރުކޮށްފައި އޮތުމަށް ބޯލަނބައި އަޅުގަނޑު އިސްތިއުފާ ދިން ކަމަށް އިއުލާންކުރީ” ރައީސް ނަޝީދު ކުޅުދުއްފުށީ ރައްޔިތުންނާ މުހާތަބުކޮށް ވިދާޅުވި އެވެ.

އަދި ބަޣާވާތްކުރި ފުލުހުން ހައްޔަރު ކުރުމަށް ސިފައިންނަށް އެންގުމުން ސިފައިން އެއަމުރަށް ކިޔަމަންނުވީ ސިފައިންގެ ތެރެއިންވެސް ބަޔަކު ބަޣާވާތުގައި ބައިވެރިވާތީކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުންގެ ވޯޓަކުން ވެރިކަން ކަނޑައެޅުމުގެ ފުރުސަތު އަދިވެސް ހޯއްދަވާދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވިއެވެ.