އިންސާފްވެރި އަވަސް އިންތިޚާބެއް ބާއްވައި ދިނުމަށް އެދި ގދ.ވާދޫ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާން

ދިވެހިރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ރާއްޖޭގައި ޤާނޫނީ ގޮތުން، އިންތިޚާބަކުން ހޮވިފައިވާ ވެރިކަން ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ބޭނުންކޮށްގެން ވައްޓާލާފައިވާތީ މި ޤައުމަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެ ރާއްޖޭގެ ސިޔާސީ ބަނަކަމުގެ ތެރޭގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ޢަދުލު އިންސާފް މިދަނީ ގެއްލެމުންނެވެ. އެހެން ކަމުން އަވަސް މުއްދަތެއްގެ ތެރޭގައި ޤާނޫނީ ރައީސަކު އިންތިޚާބުކުރުމަށް އިންސާފްވެރި އިންތިޚާބެއް ބޭއްވުމަށް މި ކައުންސިލުން ގޮވާލަމެވެ.

އަދި ހަމަ އެއާއި އެކު ދުނިޔޭގެ ޖަމާޢަތްތަކާއި ބާރުތަކުން އިންތިޚާބަކަށް ގޮވާލާފައިވާ މި ދަނޑިވަޅުގައި ދުނިޔެ ހިނގަމުން މިދަނީ ބޮޑު ޗޭނަކުން ގުޅިގެން ކަމަށްވާތީ ރާއްޖެއަކީ އަސާސީ ތަކެތި ބޭރުގެ ގައުމުތަކުން އިމްޕޯޓްކުރާ، އަމިއްލައަށް އެފަދަ ތަކެތި އުފެއްދުމުގެ ޤާބިލްކަން ނެތް ބަޔަކަށްވީ ހިނދު، ވެރިކަމުގެ ޢިއްޒަތާއި އަރާމަށްޓަކައި ޤައުމު ފިތުނަ ފަސާދައާ ހަލާކުގެ ތެރެއަށް އިތުރަށް ދުއްވާ ނުލައި، ވީހާވެސް އަވަހަކަށް އިންތިޚާބެއް ބޭއްވުމަށް ގޮވާލަމެވެ. އަދި ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ޤާއިމްކޮށް ޤައުމަށް ސުލްހަވެރި ޙައްލެއް ގެނައުމަށް ވޯޓަކަށް ދިއުމަށް މި ކައުންސިލުން ގޮވާލަމެވެ.