މެންބަރުންގެ ޚިޔާލު: ބާޣީ ވަހީދުގެ ސަރުކާރުން ޚުދުމުހުތާރު ދިގު ތިރީސް އަހަރުގެ އަނިޔާވެރިކަން އިޔާދަވާ މަންޒަރުތައް ފެންނަން ފަށައިފި

ދުވާފަރު ދަންޑެހެލު

ބާޣީ ވަހީދުގެ ސަރުކާރުން ހުދުމުހުތާރު ދިގު ތިރީސް އަހަރުގެ އަނިޔާވެރިކަން އިޔާދަވާ ކަމުގެ މަންޒަރުތައް ރާއްޖޭގެ ކަންކޮޅު ތަކުން ފެންނަން ފަށާއިފިއެވެ. މިކުޑަކުޑަ ދިވެހި ގައުމު މިއަދު އޮތް ނާޒުކު ހާލަތަށް ވިސްނާލުމުން ހަނދާނަން އަންނަނީ ވަރަށް ކަޅު އަނދިރި ހުދުމުހުތާރު 30އަހަރުގެ ދިގު މާޒީގެ ޞަފުހާތަކެއްކަމުގައި ތަޖުރިބާކާރުން މިއަދު ވިދާޅުވާ ބަސްފުޅުތަކެވެ.

މައުމޫނު އަބްދުލް ގައްޔޫމު ވެރިކަމުގެ ހުތުރުކަންބޮޑު މާޒީއަށް ބަލާއިރު ވެރިކަމުގެ ޖާހާއި ޟާނާއި ޟައުކަތުގެ ދަހިވެތިކަމުގައި އަމިއްލަ އެދުން އިސްކޮށް ގައުމުގެ މިނިވަންކަން ބޭރުބަޔަކަށް ވިއްކާލި ބައެއްގެ ވާހަކަ މާޒީގެ ކަޅު ޞަފުހާތަކުން ފެންނާން ހުރި އިރު މިއަދު މިގައުމަށް އަނެއްކާވެސް އެފަދަ މަންޒަރުތަކެއް ސިފަވަމުންދާކަމަށް އެބޭފުޅުން ވިދާޅުވަނީ ސަބަބު ތަކެއްވެސް ހުރެގެންކަމުގައި ގަބޫލުކުރަންވެއްޖެއެވެ.މިދެންނެވި މާޒީގެ ކަޅު ޞަފުހާ ތަކަށް ބަލާއިރު މިގައުމުގެ ދީނީ މިނިވަންކަން ގެއްލި އިލްމުވެރިން ހިފާ ހައްޔަރުކޮށް ތުނބުޅީގައި ޗިލީސޯސް ކާއްތައި ތުނބުޅި ބާލައި އެތަކެއް އަނިޔާއެއް ދީފައިވާކަން ހިތާމައާއި އެކު ފާހަގަކުރަމެވެ.

މިއަދު ބާޣީ ވެރިއެއް މިގައުމުގެ ތަހުތަށް ވެރިވެގަނެގެން ވެރިކަމުގެ ދަހިވެތިކަމުގައި ގައުމާއި ދިވެހި ރައްޔިތުންގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމް ދީން ގުރުބާން ކޮށްލުމުން ދިވެހިން ތަޖުރިބާކުރަން ޖެހުނު އަޅުވެތިކަމެއްކަން ކަށަވަރުވެ ޔަގީންވެއެވެ.ގައުމާއި މިނިވަންކަމާއި ދީނާއި ގައުމުގެ އިގްތިޞާދާއި ރައްޔިތުން ކަތިލާފައިވެސް އެމީހުން ބޭނުންވީ ވެރިކަމުގެ އަރާމާއި ލައްޒަތުކަން މިދެންނެވި މާޒީގެ ޞަފުހާތަކުން ކަށަވަރުވެއެވެ.

މިދެންނެވި ރަސްކަމުގެ ދުވަސްވަރުގެ މާޒީއަށްވުރެ ކައިރިއަށް ޖެހިލާއިރު ދިވެހިންގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެން ނުދާނޭ 7ފެބުރުއަރީ2012މިދުވަހަކީ ގާނޫނީ ވެރިކަމެއް ގާނޫނާއި ގަވައިދާ ހިލާފަށް ދެތިން މަހުޖަނުންކޮޅަކާއި މަދު އާއްމުރައްޔިތުން ތެރެއިން ބަޔަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ވަކިބަޔަކު ގާނޫނީ ސަރުކާރާއި ދެކޮޅަށް ބަޣާވަތްކޮށް ސަރުކާރު ވައްޓާލި ހާދިސާއަކީ ވެސް ވެރިކަމުގެ ދަހި ވެތިކަމުގައި ހިންގި ނޭއްގާނީ ނުބައި އަމަލުތަކެއްގެ ސަބަބުން މާޒީގެ ޞަފުހާތަކުގައި ލިޔެވިގެންދާނެ ހުތުރުކަންބޮޑު ޖަރީމާއެއްކަން ކަށަވަރުވެ ޔަގީނެވެ.

މުއްސަނދި މަހުޖަނުންގެ ތެރެއިން ވެރިކަމަށް ފެންބޮވާއިގެންފައިވާ ދެތިން މަހުޖަނެއް ބައިވެރިވެގެން ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކުނެރެ ދިވެހިންގެ ލޭ ބިމަށް އޮހޮރުވާއިގެން ވިޔަސް އެމީހުންގެ އަތްތަކުން އެމީހުންގެ ތަރައްގީގެ ބިނާތައް ބިމާއި ހަމަކޮށް ވިޔަސް މާލެއާއި އަތޮޅު ތަކުގެ ތަރައްގީގެ ޕުލެއީންތަށް ވީދާއި ކުދިކޮށްގެންވިޔަސް އަދި ގައުމުގެ އިގްތިސާދު ފުނޑުފުނޑުކޮށްލައި ދިވެހިން ނިކަމެތިކޮށް ފަގީރުކޮށްލައިގެން ވިޔަސް ބާޣީން ބޭނުންވަނީ ގައުމުގެ ވެރިކަމުގެ ދާނުގައި ވެޑުވިގެން ތިބުން ކަމީ މިހާރު މިފެންނަ މަންޒަރުތަކުން އެނގި ކަށަވަރުވާ ކަމެކެވެ.ދުނިޔޭގެ ޖަމުއްޔާ ޖަމައަތްތަކުން ގޮވާލަމުން އެގެންދަވަނީ މި އަހަރުތެރޭގައި ވީ އެންމެއަވަހަކަށް ރިޔާސީއިންތިހާބެއް ބޭއްވުމައްށެވެ. ޔޫރަޕިން ޔޫނިއަނުންނާއި ކޮމެންވެލްތުންވެސް މެދުނުކެނޑި އިންޒާރުދެމުން އެދަނީ ވީއެންމެ އަވަހަކަށް އިންތިހާބެއް ބޭއްވުމާއި ބަޣާވަތް ތަހުގީގު ކުރުމަށެވެ.މިއަދު މިގައުމުން މިފެންނަނީ ގައުމުދެކެ ކޮންކަހަލަ ލޯތްބެއްވާ، ކޮން ކަހަލަ ބަޣާވަތެއްކޮށްގެން ތިބި ބާޣިން ތަކެއްބާވައޭ ހިތަށް އަރައެވެ.

މާތްﷲގެ ހޮޔޮ ރަހުމަތްފުޅުން ބާޣީ ވަހީދާއި ބާޣީންގެ ދުއްތުރާތަކުން އިސްލާމް ދީނާއި ރާއްޖޭގެ ރައްޔިތުން ސަލާމަތް ކޮށްދެއްވާށި އާމީން! ދިވެހިންނަށް ދިވެހީންގެ ވެރިކަން ރައްދުކޮށްދެއްވާށި! އާމިން!