މިރޭގެ ޖަލްސާ ވެސް ޚާއްސަ ވާނޭކަމަށް އެމްޑީޕީން ބުނެފި

އެމްޑީޕީގެ ވަރަށް ޚާއްޞަ ޖަލްސާއެއް މިރޭ 08:30 ގައި ލޮނުޒިޔާރަތް ކޮޅުގައި އޮންނާނޭކަމަށް އެޕާޓީން ބުނެފިއެވެ.

މިރޭގެ ޖަލްސާ ޚާއްސަ ވަނީ ބަޣާވާތަކުން ދިވެހި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ފޭރިގެންފައިވާ ބާޣީ ވެރިޔާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ރައްޔިތުންގެ މަޖީސް ހުޅުވާ ދެއްވުމަށް ފަހު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިއްވަވަންޖެހޭ ޕްރެޒިޑެންޝަލް އެޑެރެސް ބާޢީ ވަޙީދު އިއްވުމާ ދެކޮޅަށް ސުލްހަވެރިކަމާއެކު ބާއްވާ އެއްވުމުވުމުގެ ބައިވެރީންނާ ވާހަކަދެއްކުމަށްޓަކާ ބާއްވާ ވަރަށް ޚާއްސަ ޖަލްސާއެކެވެ.

މިޖަލްސާގައި މާރޗް މަހުގެ އެއްވަނަދުވަހުގެ މިދެންނެވި އިހުތިޖާޖް ކުރިއަށް ގެންދާނޭ ގޮތާ ބެހޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު އެރުވޭނެ ކަމުގައިވެސް ރާޅުގަނޑުގެ އެމްޑީޕީ ޖަގަހައިން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ބަޣާވާތުގެ ބައިވެރިން ވަނީ، ވެރިކަން ވައްޓާލާނޭ ކަމުގެ އިންޒާރުދީ ވެރިކަންވައްޓާލާނޭ ގޮތުގެ ކުރެހުންދައްކާ އެކަން ޢަމަލީ ގޮތުން ކޮށް އަދި އެ ޢަމަލު ހިއްގުމަށްފަހު އެޢަމަލު ހިންގިގޮތާ ކަންކުރިގޮތް ބާޣީންގެ އެކި އެކިވެރިން ރޯމާދުވާލު މީޑިޔާތަކުގައި ކިޔައިދީފައިއޮތް ކަމުން ރައްޔިތުންނަށް އެގޮތާ ނުރުހެވި ރައްޔިތުންކުރާ ހަރުކަށި އިހުތިޖާޖެއް ބޭއްވުމަކީ، ރައްޔިތުންގެ ވިންދު އަވަސް ވެފައިވާ ގައުމީ ޜޫހެއްކަމުގައި ވެސް ހާމަކޮށްފައި ވެއެވެ.

މިމަހުގެ 7 ވަނަދުވަހުގެ ކާރިޘާ އަކީ ކޮންމެ ދިވެއްސެއްގެ ލޮލުން ލޭހިލުވާލި ކާރިޘާއެއް ކަމަށާއި، ރައްޔިތުން ބޭނުންވާ އަދި ރައްޔިތުން ވޯޓްދިން ރައީސުލް ޖުމްހޫރިއްޔާ އަށް ރައްޔިތުންގެ ތާއީދާ ރުހުހުން އޮތްހިނދު އެމަނިކުފާނަށް ބިރު ދައްކައިގެން އެމަނިކުފާނުގެ ވެރިކަމުގެ ބާރުތައް ފޭރިގެންފައި ވުމަކުން އެމަނިކުފާނުގެ ވެރިކަން ގެއްލުނީ ނޫންކަމުގައި ރާއްޖޭގެ ރައްޔިތުންގެ ބޮޑު އަޣްލަބިޔަތަކުން ގަބޫލު ކުރާހިނދު އެމްޑީޕީގެ އަޑު ބާޣީން ނާހައިފިނަމަ އުފެދިންގެންދާނޭ ކަންކަމާ މެދު ވިސްނުމަށް ބާޣީންނަށް ގޮވާލާފައި ވެއެވެ.

ރައްޔިތުން މިއަދު ތިބީ ހަނގުރާމަކުރަން ޖެހިއްޖެނަމަ ދިވެހި ވެރިކަން ފޭރިގެންފައި އެވާ ބާޣީ ނިޒާމު ބަދުލުކުރުމަށް ކެތް މަދުވެފައިކަން ވެސް ބާޣީންނަށް ވަނީ އަންގާ ކަމުގައި ބުނެފައިވެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރޭވިފައިވާގޮތާއި، ފޮތް ރައްޔިތުން އެވަނީ ލިޔެ ދައްކާ އެގޮތް ގަބޫލު ކޮށްފައެވެ. އެހެންކަމުން ދިވެހީން ދުސްތޫރުގައި ލިޔެވި ބަޔާންކުރެވިފައިވާ ގޮތުގެ މަތީން މެނުވީ އެއްވެސް މީހަކަށް ތިމާއަކީ ގައުމުގެ ރައީސޭ ނުކިޔޭނެކަން ރައްޔިތުން ނަށް މިހާރު އެވަނީ އެނގި ކަށަވަރު ވެފައެވެ.

ރާއްޖޭގެ ރައްޔިތުންނޭ އަޅުގަނޑު މިދަންނަވަނީ ފިސާރި ކެރި ހުރެ، މުޅިރާއްޖޭގެ އާބާދީގެ %75 އިންސައްތަ ރައްޔިތުން އެމްޑީޕީގެ ފިކުރު ގަބޫލުކޮށްފައިވާތީ މިފިކުރަށް ތާއީދު އޮތް ރައްޔިތުންނަކީ ގިނަރައްޔިތުން ކަމުގައިވާތީ މިއިންސައްތަ އަކީ ރައްޔިތުންނޭ ބުނުގެ ޙައްގު އޮންނާނޭ ތީއެވެ.

ހަމަޔަގީނުންވެސް ނަޝީދުގެ ވެރިކަމުގެ ބާރުތައް ފޭރިގެންފައި އެވާ ގޮތަކީ އެއްވެސް ގާނޫނަކުން އެކަން ކުރަން ބުނެފައިވާ ގޮތެއްނޫންކަން ކޮންމެ ރައްޔިތަކަށްމެ އެނގި ކަށަވަރު ވެފައިވެއެވެ.

އެހެންކަމާއެކު މިރޭގެ ޖަލްސާ ވަރަށް މުހިންވާނޭކަމަށާ ރައްޔިތުންނަށް ހުރި އުފާވެރި ޚަބަރުތައްވެސް މިރޭ ހާމަކުރާނެއެވެ.