އެމްޑީޕީގެ އަންހެނުންގެ ވަރަށް ޚާއްޞަ ޖަލްސާއެއް މިރޭ 09:30 ގައި ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި އޮންނާނެ

img_0416އެމްޑީޕީގެ އަންހެނުންގެ ހިނގާލުން .. ފޮޓޯ: އަނދާ

އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ އަންހެނުންގެ ޚާއްޞަ ޖަލްސާއެއް މިރޭ 09:30 ގައި ދަރުބާރުގޭ ދޮށިމޭނާމާލަމުގައި އޮންނާނޭކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނެފިއެވެ.

ރައްޔިތުންގެ އިންތިޚާބީ ވެރިކަމަށް ބާޣީންގެ ބަޔަކު އަރައިގަނެ ރާއްޖޭގެ ގާނޫނު އަސާސިގެ ބާރު ކަނޑުވާލާ ފައިވާތީ އެމްޑިޕީގެ އަންހެނުންގެ ފަރާތުން މިކަމުގައި ކަންތައް ކުރާނޭ ގޮތަކާމެދު ވާހަކަދައްކާ ގޮތްތަކެއް ނިންމުމަށްޓަކާ ބާއްވާ މިޖަލްސާ އަށް އެމްޑީޕީއާއި އެމްޑީޕީގެ މެންބަރުންނާ ސަޕޯޓަރުންނާ ހެޔޮއެދޭފަރާތްތަކުންނާ ރާއްޖޭގައި ހިނގާދިޔަ މިފަހުގެ ތާރީޚު ދެކިފައި ނުވާ ބިރުވެރި ނާމާން ކަމާ ދެކޮޅު ހުރިހާފަރާތްތަކަށް ދަރުބާރުގޭ ދޮށިމޭނާ މާލަމާ ދަރުބާރުގެ ވަނީ ހުޅުވާލެވިފައެވެ.

ހަނދުބަލާމަހުގެ އެއްވަނަދުވަހުގެ ކުރިން އިންތިޚާބެއް ބާއްވާނޭ ތާރީޚެއް ކަނޑައަޅައި ދިނުމަށްގޮވާލާ އެމްޑީޕީގެ އިހުތިޖާޖްތައް މިމަހުގެ 17 ވަނަދުވަހުންފެށީގެން މާލޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ފެށިގެން ކުރިޔަށްދާއިރު
އަދި ބޭރުގެ ޖަމިއްޔާ ޖަމާޢަތްތަކުންނާ ޢޭޝިޔާގެ ނުފޫޒުގަދަ ގައުމު ތަކުންނާ ޔޫ.އެން.އަދި ކޮމަންވެލްތުންނާ އިންޑިޔާސަރުކާރުން ރާއްޖޭގެ ވެރިކަން ފޭރިގެންފައިވާ ފަރާތްތަކަށް އަވަސް އިންތިޚާބަކަށް ގޮވަމުންދާއިރު ބީރުކަންފަތެއްދީ އިންތިޚާބެއް ނުބޭއްވުމުގެ ބަހަނާތައް ދައްކަމުން ދާތީ މުޅިރާއްޖެއިން ދަނީ އެކަމާދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ.

އެހެންކަމާއެކު ގައުމަށް ކުރިމަތިވެފައިވާ މިނާޒުކު ދަނޑިވަޅުގައި ރައްޔިތުން ކުދިބޮޑު އެންމެން މަގުތަކަށް ނުކުމެ އެބަޔަކު ތިބިތަނަކުން އެބައެއްގެ ޝުޢޫރުތައްށް ފާޅުކުރަމުންދާއިރު ބާޣީސަރުކާރުން ރައްޔިތުން ގެ އަޑު ނާހާތީ ރައްޔިތުން އެދަނީ މަގުމަތީގެ ބަސްނޭހުމަކަށް ދިޔުމަށް ތައްޔާރުވަމުންނެވެ.

ކަންމިހެންހުރުމާއެކު ރައްޖޭގައި ހިންގަމުންދާ ޣައިރު ގާނީ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކާ ރާއްޖޭގެ އަންހެނުންގެ ދައުރަކީ ކޮބައިކަމާ އަންނަވި ޖީލުތަކަށް ހެޔޮވެރިކަމެއް ވާޞިލު ކޮށްދިނުގައި އަންހެނުންނަކީ މުހިންމު ބައެއްކަން
ހަދުބަލާމަހުގެ އެއްވަނަ ދުވަހު މިފުރަމާލެއިން ފެނިގެންދާނޭކަމަށް އަންހެނުންގެ ރޫޙުގެ ފަރާތުން ދިވެހިއަންހެނުންނަށް
އެދަނީ ގޮވާލަމުންނެވެ. އެހެންކަމާއެކު ގައުމުދެކެ ލޯބިވާ އަދި ރައްޔިތުން ހޮވާރައީސަކު މެނުވީ ވެރިކަންކުރުމަށް ރައްޔުތުން ނެއެދޭކަން ދެއްކުމަށްޓަކާ މުޅިގައުމު އެއްބައިވެ ގާނޫނީ ވެރިކަމެއް މިގައުމުގައި އަވަހަށް އިންތިޚާބުކުރުމަށް
ބާރު އެޅުމަށްޓަކާ އެންމެހައި އަންހެން ބޭފުޅުން ހަތްވަރާއެކު ތެދުވުމަށް ވެސް ދިވެހި އަންހެނުން ދަނީ ގޮވާލަމުންނެވެ.