އެމްޑީޕީގެ ވަރަށް ހާއްސަ ޖަލްސާއެއް ފުވައްމުލަކުގައި ހިނގަމުން އެބަދޭ

އެމްޑީޕީގެ ވަރަށް ހާއްސަ ޖަލްސާއެއް ފުވައްމުލަކުގައި ހިނގަމުންދާ ކަމަށް އެމްޑީޕީ ފުވައްމުލަކު އޮފީހުން ބުނެފިއެވެ.

އެމްޑީޕީ ފުވައްމުލަކު އޮފީހުގެ އިސްއޮފިޝަލަކު ވިދާޅުވީ “އިންސާފުގެ ދަތުރު”ގެ ނަމުގައި ބާއްވަމުން އަންނަ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން މިރޭ މި ބާއްވާ ޖަލްސާ ޚާއްސަ ވެގެންދާނޭ ކަމަށެވެ. އަދި އެޖަލްސާގައި ހާއްސަ ފަރާތްތަކުންވެސް ބައިވެރިވެ ވަޑައިގަންނަވަމުންދާ ކަމަށެވެ. އަދި މި ޖަލްސާއަށް 3000 އަށްވުރެ ގިނަ މީހުން ބައިވެރިވާ ކަމަށް ވެސް އެމްޑީޕީ ފުވައްމުލަކު ދާއިރާ އޮފީހުން މަޢޫލޫމާތު ދެއެވެ.

އެމްޑީޕީ އަށް ސަޕޯޓްކުރާ ފުވައްމުލަކުގެ ގިނަ ބަޔަކު އަންނަނީ ކޮންމެ ދުވަހަކުވެސް މާލޭގައި ބާއްވަމުން އަންނަ މުޒާހަރާއަށާއި “އިންސާފުގެ ދަތުރު” ގެ ހަރަކާތްތަކަށް ސަޕޯޓް ކުރުމުގެ ގޮތުން ހިނގާލުމާއި އެހެނިހެން ހަރަކާތްތައް ބާއްވަމުން ގެންދެއެވެ.

އެމްޑީޕީން މިރޭ ފުވައްމުލަކުގައި ޚާއްސަ ޖަލްސާއެއް ބާއްވަމުން އަންނަ އިރު، މާދަމާ ބާޣީ ރައީސް އެރަށަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.