އެންމެން ބައިވެރިވާ އެމްޑީޕީގެ ސުލްޙަވެރި ހިނގާލުމެއް ރާޅުގަނޑު ސަރަޙައްދުން ފެށިގެން ކުރިޔަށް ދަނީ

211އެމްޑީޕީ އަންހެނުންގެ ސުލްހަވެރި ހިނގާލުމުގެ ތެރެއިން: ފޮޓޯ:މަޢުރޫފް ޚަލީލް

ރާއްޖޭގެ ގާނޫނީ ވެރިކަން ސިފައިންނާ ފުލުހުން ފޭރިގަނެ މިރާއްޖޭގައި ތިބި އަނިޔާވެރިންނާ ޙަވާލުކުރި ކުރުމާ ދެކޮޅުހެދުމުގެ ގޮތުން އެންމެން ބައިވެރިވާ ސުލްހަވެރި ހިނގާލުމެއް މިއަދު ހަވީރު 4 އިން ފެށިގެން ސުނާމީ ބިނާ ކައިރިން ފެށިގެން ކުރިޔަށްދާނެ އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫޙާއި، ޒުވާނުންގެ ރޫހު ގުޅިގެން މިބަޣާވާތާ ދެކޮޅަށް މިހިނގާލުމުގައި ޝުޢޫރުތައް ފާޅުކުރަމުން ބޮޑެތި ބައެއްމަގުތަކުގައި ހިނގާނެއެވެ. މި ހިނގާލުން ވެގެންދާނީ މިހާތަނަށް ރާއްޖޭގެ އެއްތަނަކުން އެންމެގިނަ ޒުވާނުންނާ އަންހެނުން ފެނިގެންދާނޭ ހިނގާލުމަށް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
ރައްޔިތުންގެ ޝުޢޫރު ފާޅު ކުރުމަށްޓަކާ ހުރިހާ ކުދިބޮޑު އެންމެން މި ސުލްޙަވެރި ހިނގާލުމުގައި ބައިވެރިވެ ބަޣާވާތާއި ދެކޮޅަށް އަޑު އުފުލުމަކީ ގައުމީ ވާޖިބެއް ކަމުގައި ދެކި ގައުމަށްޓަކައި ގޭގައި ނުތިއްބެވުމަށް އެމްޑީޕީން ގޮވާލައެވެ.

ބަޣާވާތާއި ދެކޮޅަށް އެމްޑީޕީގެ އަންހެން މެންބަރުންގެ ހިނގާލުމަކާއި، ކްލަބް އީގަލްސްގެ ހިނގާލުމެއް މިދިޔަ ހަފްތާ ބަންދުގައި ވަނީ ބާއްވާފައެވެ.