މެންބަރުންގެ ޚިޔާލު: ބާޣީން ވެރިކަމަށް ވެރިވެގަތުމަށްފަހު ބާޣީންގެ އަސްލުސިފަ ރައްޔިތުންނަށް ފެންނަންފެށީ ނުހަނު ހިއްދަތިކަމާއި ބިރުވެރިކަމާއި އަނިޔާވެރިކަމާއިއެކުގައެވެ.

ދުވާފަރު ދަންޑެހެލު

އަޅުގަނޑަކީ މީގެކުރިން އެމްޑީޕީއާއި އިދިކޮޅަށް ވަކާލާތުކުރާ މީހަކީމެވެ.އިއްތިހާދަށް ތާއިދުކޮށް އެ އިއްތިހާދުން ގޮވާލި ކޮންމެ ގޮވާލުމަކަށް އިޖާބަދިން މީހަކީމުއެވެ.އިސްލާމްދީނަށްޓަކާއި ގައުމަށްޓަކައި ގޮވާލި ކޮންމެ ގޮވާލުމަކަށް ފުރިހަމައަށް އިޖާބަދީ އަމަލީގޮތުން ބައިވެރިވި ބައިވެރިއެއްގެ ހައިސީއްއަތުން މިއަދު ބުނެލަންބޭނުންވާ ވާހަކައަކީ އިއްތިހާދުން ބޭނުންވީ އިސްލާމްދީން ހަތިޔާރަކަށްހެދުމަށްފަހު ވެރިކަމަށް އައުމުގެ މަގުފަހިކޮށް ވެރިކަމަށް އާދެވޭނެގޮތެއްބެލުމެވެ.

އެއީ ކޮންމެފަދަ ގެއްލުމެއް ރައްޔިތުންނަށް ވީކަމުގައި ވިއަސް ގާނޫނުތަކާއި ހިލާފުވީކަމުގައި ވިއަސް އިސްލާމްދީނުގެ އަސްލަކާއި ހިލާފު ވީކަމުގައި ވިއަސް ރައްޔިތުންގެ ތެރެއިން ބައެއްގެ ލޭ ބިމަށް އޮހޮރުނުކަމަށް ވިއަސް ރިސްވަތުގެ ހުތުރު ފައިސާ ބަހަންޖެހުނު ކަމަށްވިއަސް ފުލުހުންނާއި ސިފައިންގެ ތެރެއިން ވަކިބައަކަށް ފައިސާ ބަހައިގެން ކަމަށް ވިއަސް ރައްޔިތުންގެ ފުރިހަމަ އަޤްލަބިއްޔަތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމުހޫރިއްޔާ ރައީސްކަމުގެ މަގާމުގައިހުންނަވަނިކޮށް އެމަގާމުން ގާނޫނާއި ގަވައިދަށް ގޮންޖަހައި ގާނޫނުގެ ވެރިކަން ވައްޓާލައި ވެރިކަމަށް ވެރިވެގަތުމެވެ.

ބާޣީން ވެރިކަމަށް ވެރިވެގަތުމަށްފަހު ބާޣީންގެ އަސްލުސިފަ ރައްޔިތުންނަށް ފެންނަންފެށީ ނުހަނު ހިއްދަތިކަމާއި ބިރުވެރިކަމާއި އަނިޔާވެރިކަމާއިއެކުގައެވެ. ޖަންގަލީގެ އުސޫލުން ވަލުޖަނަވާރުތަކެއްގެ ބީދައިން ވަކިއަޅާ ވީދާ މަސްކައިއުސޫލުންނެވެ.

މިވެރިންނަށް ވެރިކަން ގަދަބާރުންނަމަވެސް ވެރިކަން ލިބުމުން ކީ ލަވަތަށް ފަރިސްއަށް ވެނިމިއްޖެއެވެ.ކުރިންކުރި ތުހުމަތުތަށް އޭގެ އަސްލެއްނެތްކަން ރައްޔިތުންނަށް ހާމަވާންފަށާއިފިއެވެ.އިމުރާނުމެން ސަހީމުމެން އިލިޔާސުމެން ދެއްވާ ދީނީ ދަރުސްތަކާއި ބަހާއި އަމަލު ދިމާނުވާކަން ރައްޔިތުން ގަބޫލުކޮށް އެވެރިންނަކީ މަހުޖަނުންގެ ޖީބުތެރޭގައި ދިރިއުޅުން ވޭތިކުރާބައެއްކަން ރައްޔިތުންނަށް ހާމަވެ ބޭޒާރުވެއްޖެއެވެ.

މިކަންކަން މިހެންހުރުމުގެ ނަތީޖާއަކީ ބާޣީސަރުކާރަށް ސަޕޯޓްކުރާ ކިތަންމެ ރައްޔިތަކު މިހާރު އެމްޑީޕީއާއި ގުޅި ނުހަނު ހިތްވަރާއި ޖޯޝާއި ނުގުޑާފަދަ އަޒްމުގައި އިސްލާމްދީނާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްތަކައި ބާޣީންގެ އަތްދަށުން މިލޮބުވެތި ވަތަން މިނިވަންކޮށް ރައްޔިތުންގެ ވެރިކަން ރައްޔިތުންނާއި ހަވާލުކޮށް އަދުލްއިންސާފު މިދިވެހިރާއްޖޭގައި ގާއިމުކުރުމެވެ.

މާތްﷲގެ އިރާދަފުޅުން މާތްވެގެންވާ އިސްލާމްދީނާއި ރައްޔިތުންގެ ވެރިކަން ސަލާމަތްކޮށްދެއްވާށިއެވެ.އަދި ބާޣީ ވަހީދާއި ބާޣީވަހީދުގެ އައުވާނުންގެ އަތްދަށުން މިގައުމުސަލާމަތްކޮށްދެއްވާށި !