ރާއްޖޭގެ ޖަމިއްޔާ ޖަމާޢަތްތަކުން އެމްޑީޕީއަށް ތާއީދު ކޮށް ހިނގާލުންތަކެއް ބާއްވަނީ

ރާއްޖޭގެރައްޔިތުން މަލްޓި ޕާޓީ އިލެކްޝަނަކުން ފުރަތަމަ ފަހަރަށް ވެރިކަން ޙަވާލުކުރި އިންތިޚާބީ ރައީސް ހައްޔަރުކޮށް
ބަޑީގެ ބިރުދައްކައިގެން މަޖުބޫރުން ވެރިކަން ފޭރިގަތް ފަރާތްތަކަކީ އެބަޔަކަށް ދިވެހިން ދުވަހަކުވެސް މަޢާފް ނުކުރާނޭބައެއްކަން ހާމަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ޖަމިއްޔާ ޖަމާޢަތްތަކުން އެމްޑީޕީއަށް ހިތްވަރުދީ އެމްޑީޕީގެ އިންޞާފްގެ ދަތުރަށް ތާއީދު އޮކަން ދައްކައިދިނުމަށްޓަކާ ބާއްވާ ފުރަތަމަ ހިނގާލުން މިއަދު މާލޭގައި އޮންނާނެއެވެ.

އަމިއްލަ ކްލަބު ޖަމިއްޔާއެއް ކަމުގައިވާ .އީގަލްސްގެ ފަރާތުން މާލޭގައި ބާއްވާ ފުރަތަމަ ހިނގާލުން މިއަދު ހަވީރު ސޯޝަލް ސެންޓަރު ކުރިމަތީން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ އިންޞާފަށް ލޯބިކުރައްވާ އަދި މިރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލު ދަމަހައްޓަން ބޭނުންވާ އެންމެ ބޭފުޅުން އެމްޑީޕީއަށް ތާއީދުކޮށް މިހިނގާލުމުގައި ބައިވެރި ވެޑައިގަތުމަކީ މާދަމާގެ ޖީލުތަކަށް ފޯރުކޮށްދެވޭ ވަރަށް އަގުހުރި މަސައްކަތެއްކަމުގައި ވެގެންދާނޭކަމުގައި އެޖަމިއްޔާއިން ދެކެއެވެ.