ށ.އަތޮޅުގެ ހުރިހާރަށްތަކެއްގައި ރައްޔިތުން ތިބީ އެމްޑީޕީގެ މުޒާހަރާގައި ފިކުރީގޮތުން ބައިވެރިވެގެން

ށ.އަތޮޅުގެ އަންހެނުންނާ މުޅި އާބާދީ ނިދުމެއްނެތި ތިބީ އެމްޑީޕީގެ މުޒާހަރާގައި ފިކުރީގޮތުން ބައިވެރިވެގެން ކަމަށާއި، ބާޣީސަރުކާރު ނިމުމަކަށް ނުގެނެވެނީސް ނުނިދުމަށް ޢަޒުމު ކަނަޑައަޅައިގެން ކަމަށް މިލަންދޫ އަންހެނުންގެ ރޫޙުގެ ފަރާތުން ބުނެފިއެވެ.

ރައްޔިތުން ތައްޔާރުވަމުން ދަނީ ހަނދުބަލާމަހުގެ އެއްވަނަ ދުވަހު މާލެ ގޮސް ބާޣީންގެ ކިބައިން މިގައުމު ސަލާމަތް ކުރުމަށް ކަމަށާއި، ދަތުރު ތައްޔާރުކުރަމުން މިދަނީ ގައުމަށްޓަކާ ކަމުގައިވެސް މިލަންދޫ އަންހެނުންގެ ރޫހުގެ ފަރާތުން ބުނެފައިވެއެވެ.

މިލަންދޫން ވާހަކަދެއްކެވި ރައްޔިތަކު ބުނިގޮތުގައި އަވަސް އިންތިޚާބަކަށް ދިއުމަށްޓަކާ ށ.އަތޮޅުދަނީ ތައްޔާރު ވަމުންކަމަށާއި، ރަށްރަށުގައި އެމްޑީޕީގެ ހަރުގެތައް އެޅުމުގެ މަސައްކަތް އެންމެން ގުޅިގެން އެއްރޫޙެއްގައި ފަށާފައިވާކަމަށާއި، އެގޮތުން މިއަދު ހެދުނު މިލަންދޫ އެމްޑީޕީ ހަރުގެ އެޅުމުގެ މަސައްކަތް ފައްޓާފައިވާކަމުގައެވެ.