2012 ވަނައަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހަކީ ރާއްޖޭގެ ފަހުގެ ތާރީޚުދުށް އެންމެ ކަޅު ދުވަސް

police-mutiny

މިރާއްޖޭގެ ވެރިކަމަކީ މީގެ ބައިގަރުކުރިން ރައްޔިތުން އިންތިޚާބު ކުރާ ވެރިކަމެކެވެ. ނިމިދިޔަގަރުނުގެ ތެރޭގައި ރާއްޖޭގައި ވެރިކަމަކީ ވާރުތަ ވަމުން އައި އެއްޗަކަށް ވީނަމަވެސް އެ އުޞޫލުވަނީ މިގަރުނުގެ ރައްޔިތުން ބަދަލުކޮށްފައެވެ. ރައްޔިތުން އިންތިޚާބު ކުރާ ވެރިޔަކު ވެރިކަމުން ދުރުކުރެވޭނެ ގޮތާ ފޮތް ރައްޔިތުން ވަނީ ލިޔެ ރައްޔަތުންނަށް ކަށަވަރު ކޮށްދީފައެވެ.

ރައްޔިތުން އިންތިޚާބުކުރި އެންމެފަހުގެ ވެރިޔާ ގ.ކެނެރީގޭ މުޙައްމަދު ނަޝީދުގެ ވެރިކަން މިދެންނެވި ގޮތާއި ފޮތުގައިވާ މަގު ދޫކޮށް އާގޮތަކަށް ބަދަލު ކުރުމުން އެބަދަލުކުރި ބަދަލުކުރުން ޞައްހަ ކުރުމަށްޓަކާ ދައްކާނީ ކޮން ގާނޫނީ މަގެއްތޯއެވެ. އެމަގެއް ނުހޯދޭނެއެވެ. އެހެނީ އެމަގަކީ ޖަންގަލީގެ ގާނޫނަކުން މެނުވީ ދެއްކެން ނުއޮންނާނެ މަގަކަށް ވީތީއެވެ.

ކޮންމެއަކަސް އަހުމަދު ނާޒިމާ، އަބުދުﷲ ރިޔާޒާއި، މިޔަލަނި ޝިޔާމުއާއި، ޢުމަރު ނަސީރު މިރާއްޖެއަށް މިގެނައި އިންގިލާބީ ބަޣާވާތަކީ މި ގައުމު ދުވަހަކުވެސް ހިތުން ނުފިލާނޭ ފަދަ އަނިޔާވެރި ބަޣާވާތެއްކަމުގައި ތާރީޚުގައި ލިޔެވޭނެއެވެ. އަދި މިއެންމެހައި ޚާއިނުންގެ ނަންތައް ތާރީޚުގެ އެންމެ ކަޅު ޞަފްޙާތަކުގައި ފަލައަކުރުން ލިޔެވޭނެއެވެ.

ޢަސްކަރިއްޔާގެ މައްޗަށް މިހާތަނަށް ރައްޔިތުން ކުރި އުންމީދާ އިތުބާރު ދެން ހޯދޭނެ ބާވައޭ ހިތަށް ނައަރާ މަދު ރައްޔިތަކު މެނުވީ މިގައުމުގައި ނުހުންނާނެއެވެ. ރާއްޖޭގައި މިހާރު މިއޮތް ސަލާމަތީ ބާރު މިގޮތުގައި ބާއްވައިގެން އިންތިޚާބު ބޭއްވުމުގައި އޮތީ ކޮން ބޭނުމެއްތޯއެވެ. ރާއްޖޭގެ ގާނޫނީ ވެރިކަން ޙިމާޔަތް ކުރުމަށް ހުވާކޮށްގެން ތިބި މުސްލިމުންކަމަށް ދައުވާކުރާ ދިވެހި ޢަސްކަރީންނާ ލަޝްކަރީން މިރާއްޖޭގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ގާނޫނީ ވެރިކަން ފޭރިގަނެ ރައްޔިތުން ރައީސްކަމަށް އިންތިޚާބުނުކުރާ މީހަކާ ޙަވާލުކޮށްފައިވާހިނދު ގާނޫނީ އިމުން ބޭރުވެތިބެ ދިވެހި ޢަސްކަރިއްޔާ އިން ހިންގާފައިވާ މިޓެރިރިޒަމްގެ ޢަމަލު ކުއްވެރި ނުކުރަނީ ދުނިޔޭގެ ކޮންބައެއްތޯ ސުވާލުކުރަމެވެ.

އެހެން މިކަން އޮންހާހިދަކު އިންތިޚާބެއް ބޭވުމަށްވުރެ ނުބޭއްވުންވެސް މާރަނގަޅުވާނެއެވެ. ރައްޔިތުން ނުކުމެ މިއަދު ކުރަންޖެހިފައިވާ އެންމެފުރަތަމަ ކަމަކީ ބާޣީން ހިފާހައްޔަރުކޮށް ރައްޔިތުންގެ ޖަލުގައި ބަންދުކުރުމެވެ. މިއީ ރައްޔިތުންގެ މައްޗަށް ވާޖިބުވެގެންވާ ދީނީ އަދި ގާނޫނީ ވާޖިބެކެވެ. ދަގަނޑު ކެނޑޭނީ ދަގަޑުންނެވެ.