ޗައިނާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

28 ޖޫން 2010

ދެކުނު ޗައިނާއަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމާ ގުޅިގެން އެތައް ބަޔަކު މަރުވެފައިވާތީ އެކަމުގެ ހިތާމައިގައި ޗައިނާގެ ރައީސް ލުއީސް ހޫ ޖިންޓާއޯ އަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ރައީސް ހޫ ޖިންޓާއޯ އަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.