އެމްޑީޕީގެ ޕްރެސް ކޮންފަރެންސް: ޤާނޫނީ އިމުން ބޭރުން އުފައްދާ ސަރުކާރެއްގައި ބައިވެރި ނުވާނަން

އެވަސް އިންތިޙާބަކަށް ދިޔުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އުފައްދާ އިންތިގާލީ އިންތިޒާމެއްގައި، ޝަރުތުތަކެއްގެ މަތިން ބައިވެރިވަން ތިބި ކަމަށް އެމްޑީޕީން ބުނޭ

– އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ނަގާފައިވާ 7 މެންބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ރައީސް ނަޝީދުގެ ކެބިނެޓް މިނިސްޓަރުން ކަމަށްވާ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް އާއި، ހޯމް މިނިސްޓަރ ޙަސަން އަފީފު އާއި، ޑިފެންސް މިނިސްޓަރ ޠަލްޙަތް އިބްރާހިމް ކިލޭގެފާނާއި، ފޮރިންގ މިނިސްޓަރ އަޙުމަދު ނަސީމް އާއި، ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިހާބުގެ އިތުރުން ރައީސްގެ އިންފްރާސްޓަކްޗަރ އެޑްވައިޒަރ ސަރަނގު އާދަމް މަނިކު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު

– އެޝަރުތުގައި 7 ފެބުރުއަރީގައި ގެނެވުނު ބަޣާވާތުގައި އިސްރޯލެއް އަދާކުރެއްވި މީހުންގެ ތެރެއިން މިދަންނަވާ ފަރާތްތައް ޑރ.ވަހީދުގެ ވެރިކަމުން އެކަހެރި ކުރުން:

1. މުހައްމަދު ނާޒިމް “ޑިފެންސް މިނިސްޓަރ”
2. މުހައްމަދު ޖަމީލް ” ހޯމް މިނިސްޓަރ”
3. އަބުދުﷲ ރިޔާޒް “ކޮމިޝަނަރ އޮފް ޕޮލިސް”
4. މުހައްމަދު ފަޔާޒް “ހޯމްމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ”
5. އަހުމަދު ޝިޔާމް “ޗީފް އޮފް ޑިފެންސް”

– ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކު މިޕާޓީއަށް ލިޔުއްވާފައި ވަނީ، އެމަނިކުފާނު ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަވަން ގަސްތުކުރައްވާކަމާއި އެސަރުކާރުގައި
އެމްޑީޕީން ބައިވެރިވުމަށް.

ބަޣާވާތަކުން ވެރިކަމަށް އައިސް، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަކީ ޤާނޫނީ އިމުން ބޭރުގައި ކުރެވޭ ކަމަކަށްވާތީ، އެފަދަ ސަރުކާރެއްގައި މިޕާޓީން ބައިވެރި ނުވެވޭނެ ކަމަށް ދެކެން. ނަމަވެސް ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ބައިވެރިނުވެ ޤައުމުގެ މަސްލަހަތު ނުހިފެހެއްޓޭނެ ކަމަށްވެސް މިޕާޓީން ދެކޭތީ، އަދި މިޕާޓީން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށްވާތީ، އެވަސް އިންތިޙާބަކަށް ދިޔުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އުފައްދާ އިންތިގާލީ އިންތިޒާމެއްގައި، ޝަރުތުތަކެއްގެ މަތިން ބައިވެރިވާން ތިބި ކަމަށް ވާނީ މުހައްމަދު ވަހީދު ހަސަން މަނިކަށް ދަންނަވާފައި.

– ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޕޮސިޝަނަކީ ރައްޔިތުންގެ އިންތިޙާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ރިޔާސަތާއި ސަރުކާރު، ރައްޔިތުން އިންތިޙާބުކޮށްފައިވާ މުއްދަތާއި ހަމައަށް ގެންދިޔުން.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަބަދުވެސް އިސްކުރައްވަނީ ރައްޔިތުންގެ މަސްލަހަތު ކަމަށް ވީތީ އެމަނިކުފާނު ލަފާފުޅު ހުރީ، މިމައްސަލަތަކަށް ހައްލެއް ގެނެވޭނީ ރައްޔިތުންގެ ބައިވެރިވުން އޮވެގެން ކަމުގައި ވުމާއިއެކު، އެމަނިކުފާނު ލަފާދެއްވީ، އަވަސް އިންތިޙާބަކަށް ދިޔުމަށް ގޮވާލުމަށް.

7 ފެބުރުއަރީގައި ހިނގާދިޔަ ކަންކަމާއި އަދި އެކަންކަމާއި ގުޅިގެން ނިކުންނަ ކަންކަމަށް ރިއާޔަތްކޮށް ކުރަންޖެހޭ ކަންކަން ކުރުމަށާއި އެކުރިމަތިވާ މައްސަލަތައް ދިރާސާކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށާއި ޕާޓީގެ ލީޑަރޝިޕަށް ލަފާދިނުމަށް 7 މެމްބަރުންގެ ކޮމިޓީއެއް ޤައުމީ ހިންގާ ކޮމިޓީން އުފައްދާފައިވޭ.

– 11 ނޮވެމްބަރ 2008ގައި ރައްޔިތުން ޤާއިމުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރު 7 ފެބުރުއަރީ 2012ގައި ޣައިރު ޤާނޫނީ ބަޣާވާތަކުން ވައްޓާލައި އުފެއްދި ވެރިކަމަކީ ޤާނޫނީ ހައިސިއްޔަތެއް އޮތް ސަރުކާރެއް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ނުދެކޭ. އަދި އެމްޑީޕީގެ ޤައުމީ ހިންގާ ކޮމެޓީން ވަނީ ޑރ.މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަން ޤަބޫލުނުކުރުމަށް ނިންމާފައި.

– ސަރަނގު އާދަމް މަނިކު ބަޔާނެއް ދެއްވަނީ

– ޕްރެންސް ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަންނަވަނީ ސަރަނގު އާދަމް މަނިކު އަދި ރައީސް ނަޝީދުގެ ކެބިނެޓްގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް

އެމްޑީޕީގެ ޕްރެސް ކޮންފަރެންސެއް މިރޭ އެޕާޓީގެ މައި އޮފީހުގައި އޮންނާނެ އެވެ.
މި ޕްރެސް ކޮންފަރެންސް ފެށޭނީ މިރޭ 8 ޖަހާއިރު އެމްޑީޕީ އޮފީހުގެ ކޮންފަރެންސް ރޫމް ގައެވެ.