އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބާއްވަން ހަމަޖެއްސި އާއިލީ ހަވީރު ފަސްކޮށްފި

26 ޖޫން 2010

އެމްޑީޕީގެ 5 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު 4 ން 6 އަށް ބާއްވާ ގޮތަށް ހަމަޖެއްސި އާއިލީ ހަވީރު، މޫސުން ތަން ނުދިނުމުގެ ސަބަބުން އެހެން ދުވަހަކަށް ފަސްކޮށްފިއެވެ.
އެމްޑީޕީގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެޕާޓީގެ ހަރުގެއާއި އަތޮޅުތަކުގައި ހުރި އެޕާޓީގެ ހަރުގެތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއްވަނީ ބާއްވާފައެވެ. މީގެ އިތުރުން އެމްޑީޕީގެ އަހަރީ ދުވަހާ ގުޅުވައިގެން އެޕާޓީގެ ފަރާތުން، މަދަނައާއި ސަބްސިޑީއާ ބެހޭ މަޢުލޫމާތު ދިނުމަށް މާލެއާއި އަތޮޅުތަކުގައި ޙަރަކާތްތަކެއް ކުރިޔަށް އެބަދެއެވެ.
މޫސުން ތަންނުދިނުމުގެ ސަބަބުން މިއަދުގެ އާއިލީ ހަވީރު ފަހުގެ ތާރީކަކަށް ފަސްކުރި ނަމަވެސް، މިރޭ އެމްޑީޕީ ހަރުގޭގައި ބާއްވާ ހަފްލާ ރޭވިފައިވާ ގޮތަށް ކުރިޔަށްދާނެ ކަމަށް އެޕާޓީން ބުނެއެވެ.