އެމްޑީޕީގެ 5 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ

26 ޖޫން 2010

އެމްޑީޕީގެ ރަސްމީ ވެބްސައިޓްގެ ފަރާތުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 5 ވަނަ އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެޕާޓީގެ ލޮބުވެތި މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި، ޕާޓީއަށް ހެޔޮ އެދި ވަޑައިގަންނަވާ ފަރާތްތަކަށާއި، އެމްޑީޕީގެ ހީވާގި ގްރާސްރޫޓަށާއި، އެމްޑީޕީ ވުޖޫދަށް ގެނައުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށާއި، އެމްޑީޕީގެ އިދާރީ މުޥައްޒިފުންނަށާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެންބަރުންނަށާއި، ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޙަސަން ޝާހް، ޗެއަރޕާސަން އަލް އުސްތާޛާ މާރިޔާ އަހުމަދު ދީދީއަށާއި، އެޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވައި ރާއްޖޭގައި ބޭއްވުނު ފުރަތަމަ ޑިމޮކްރެޓިކް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ރައީސް މުޙަންމަދު ނަޝީދަށް އަރިސްކުރަމެވެ. އެމްޑީޕީއަށާއި ދިވެހި ގައުމަށް ރޯޝަނީ މުސްތަޤްބަލަކަށް އެދެމެވެ.