ބްރެޒީލްގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

24 ޖޫން 2010

ބްރެޒީލަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެތައް ބަޔަކު މަރުވެފައިވާތީ އެކަމުގެ ހިތާމައިގައި ބްރެޒީލްގެ ރައީސް ލުއީސް އިނާޝިއޯ ލޫލާ ޑަ ސިލްވާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބްރެޒިލްގެ ރައީސަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.