އިނގިލީގެ ނިޝާނުގެ މައްސަލަ ހުންނަ ފޯމުތައް ވެސް މިއަހަރުގެ ނިޔަލަށް ބަލައިގަންނާނޭ ކަމުގައި އިލެކްޝަންސް އިން ބުނެފި

24 ޖޫން 2010

ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ވުމަށް އެދި ހުށަހަޅާ ފޯމުތަކުގައި އިނގިލީގެ ނިޝާނުގެ މައްސަލަ ހުއްޓަސް މިއަރުގެ ނިޔަލަށް އެފަދަ ފޯމުތައް ބަލައިގަންނާނޭ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަނުން މިކަން ހާމަކޮށް ބުދަދުވަހު ނެރުނު ނޫސް ބަޔާނެއްގައި މިހާރަކަށް އައިސް ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ހުށަހަޅާ ފޯމުތަކުގައި އިނގިލީގެ ނިޝާން ޖަހާފައި ހުންނަގޮތުން އެއީ ކާކުކަން ދަނެގަންނަން ވަރަށް ބޮޑަށް އުނދަގޫ ވާކަމަށާއި، ބައެއް ފޯމުތަކުގެ އިނގިލީގެ ނިޝާންތައް ކުލަ މަޑުވުމުގެ ސަބަބުން ސާފުނުވާއިރު، ގިނަ އަދަދެއްގެ ފޯމުތަކުގެ ކުލަ ގަދަ ވުމުގެ މައްސަލަވެސް ކުރިމަތިވާ ކަމަށް ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދޭ ފޯމުތަކުގައި އިނގިލީގެ ނިޝާން ޖެހުމަކީ ވަރަށް ފަހުން ތަޢާރަފްކުރި ކަމަކަށް ވާތީ އާންމުން އެކަމަށް ހޭލުންތެރިވެފައިވަނީ ވަރަށް ކުޑަކޮށް ކަމަށާއި، އެކޮމިޝަނުން އާންމުން މިކަމަށް ހޭލުންތެރިކުރުމުގެ މަސައްކަތް އެކޮމިޝަނުން މިހާރުވެސް ކުރަމުން އަންނަ ކަމުގައެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީވާން ބެނުން ފަރާތްތަކުން ހުށަހަޅާ މެންބަރޝިޕް ފޯމުގައި އިނގިލީގެ ނިޝާން ޖަހާގޮތަށް އިލެކްޝަންސް އިން ނިންމީ މިއަހަރުގެ އެޕްރީލް މަހުގައެވެ.