17 ފެބްރުއަރީގެ އެއްވުމަކީ ސުލްހަވެރި އެއްވުމެއް

އއ. އަތޮޅުން އަންނަ ދޯނި ފަހަރަށް މަރުހަބާ ދެންނެވުމަށް ހަމަޖެހިފައިވަނީ މާލެ ކައިރިން ކަނޑުމަތިން

aa-atol

17 ފެބުއަރީ 2012 ގައި މާލޭ ރާޅުގަނޑުސަރަޙައްދުގައި އެމްޑީޕީގެ ފަރާތުން ބާއްވާ ބޮޑުއެއްވުމާމެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްޓަކާ އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް އެމްޑީޕީއިން ގޮވާލައިފިއެވެ.

އެމްޑިޕީއިން މިގޮތަށް ގޮވާލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްގަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން އަރައިގަނެ ބައެއް އަތޮޅުތަކުން ހުކުރުދުވަހުގެ އެއްވުމުގައި ބައިވެރިވުމަށް މާލެ އަންނަ ރައްޔިތުން ހުޢްޓުވާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ބަޣާވާތަކުން ގެނައި ޣައިރު ގާނޫނީސަރުކާރުން މަސައްކަތް ކުރަމުންދާތީ އެކަން ކުއަވެރިކުރާކަން ހާމަކުރުމުގެ ގޮތުންނެވެ.

އެމްޑީޕީ އަކީ ޞުލްޙައަށް ލޯބިކުރާ ޕާޓީއެއްކަން ރައްޔިތުންނަށް އޮޅިފައިނުވާނެކަމަށާ އެމްޑީޕީގެ މިބޮޑު އެއްވުމަކީ އެމްޑިޕީއަކީ މިރާއްޖޭގެ މެޖޯރިޓީ ޕާޓީކަން ދުނިޔެއަށް ދެއްކުންކަމުގައެވެ.

އެމްޑީޕީގެ މިއެއްވުމަކީ އެއްވެސް ހަމަނުޖެހުމަކަށް ތަންދޭނެ އެއްވުމެއް ނޫންކަމަށާ މުޅިދިވެހި އުންމަތަށް ހެވާލާބައަށް އެދިގެން އަނަނިވި ޖީލުތަކަށް އުފާވެރި މިނިވަން އިންޞާފްވެރި ގައުމެއް ބިނާކޮށްދިނުމުގެ މަތިވެރި ޢަޒުމުގައި ބާއްވާ އެއްބައިވަންތަކަމުގެ އެއްވުމެއްކަމުގައިވެސް އެމްޑިޕީގެ ލީޑަރ ޝިޕުންވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ކަންމިހެން ހުރިނަމަވެސް އެމްޑީޕީގެ މިބޮޑުއެވުމުން އެމްޑިޕީގެ ހައިބަތު މުޅިދުނިޔެއަށް ފެނިގެންދިއުމަކީ ބާޣީންނަށް
ހަޖަމު ކުރެވޭނެ ކަމަކަށް ނުވުމާއެކު ތަފާތު ގޮތްގޮތުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންއެބަދާކަމަށާ އެއްވެސް ރައްޔިތަކު އެއަޑު ނޭއްސެވުމަށް އެމްޑީޕީއިން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.
މިއީ ރައްޔިތުންގެ ގައުމެއްކަމަށާ ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ ވެރިކަން ފޭރިގަތް ބަޔަކު އެބާވަތުގެ ވާހަކަ ދައްކާނޭ ކަމީ އެއްވެސް ރައްޔިތަކަށް އޮޅިފައިވާނޭކަމެއް ނޫންކަމުގައި ވެސް އެމްޑީޕީއިން ދަނީބުނަމުންނެވެ.

އެކަކު އަނެކެއްގެ ފަރާތުން ހިތްވަރު ހޯދާ ބިރުފަހަނަޅާގޮސް މިގައުމު އަމާން ބަދަރަކަށް ނުގެންދެވޭހާހިނދަކު އެމްޑިޕީއިން ކުރާ މިމަސަކަތް މަޑުޖައްސާ ނުލާނޭކަމަށާ އެމްޑީޕީ އަކީ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންއެދޭ ފަދަ މިނިވަން އޯގާވެރި ވެރިކަމެއް ގައުމަށް ގެނެސްދިން ބަޠަލުންގެ ޕާޓިކަމަށް ވީހިނދު އަދި އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން މިގައުމަށް ޣައްދާރުވި އެއްވެސް ފަރާތަކަށް ބިރުދައްކާ ހައްޔަރުކޮށްހަދާފައި ނުވާނޭކަން ރައްޔިތުންނަށް ވަރަށްސާފްކޮށް އެނގޭނެއެވެ.

މާދަމާގެ އެއްވުމަށް އެންމެ ގިނަ ބަޔަކު އަންނަ އެއް އަތޮޅު ކަމަށްވާ އއ. އަތޮޅުން އަންނަ ދޯނި ފަހަރަށް މަރުހަބާ ދެންނެވުމަށް ހަމަޖެހިފައިވަނީ މާލެ ކައިރިން ކަނޑުމަތިން ކަމަށް މި އެއްވުން އިންތިޒާމްކުރުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ. އަދި ނޫސްވެރިންނަށް ވެސް މަރުހަބާގެ މި ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އއ.އަތޮޅުން “އިންސާފުގެ ދަތުރަށް” މާލެ އަންނަ އެމްޑީޕީގެ ސަޕޯޓަރުންނަށް މަރުހަބާ ދެންނެވުމަށް ފުރާ ދޯނި ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9.30 ގައި ރަސްމީ ފާލަން ކައިރިންނެވެ.