އިއުލާން: ރަށްރަށުގައި ރާއްޖެ ޓީވީ ބެލުމަކީ މަނާކަމެއް ކަމަށް ބައެއް ކައުންސިލްތަކުން އަންގަމުން ދިއުމާއި ގުޅޭގޮތުން އެމްޑީޕީން ނެރޭ އިޢުލާން

mdp-logo-150-x-157

ރާއްޖޭގެ އެކިއެކި ރަށްރަށުގައި “ރާއްޖެ ޓީވީ” ޗެނަލް ބެލުމަކީ މަނާ ކަމެއް ކަމުގައި އެކިއެކި ކައުންސިލްތަކުން ދަނީ ރައްޔިތުންނަށް އަންގަމުންނެވެ.

މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމާއި، ޚަބަރާއި މައުލޫމާތު ހޯދުމުގެ މިނިވަންކަން ޤާނޫނުއަސާސީގެ 28 އަދި 29 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްމެ ވަނީ ކަށަވަރު ކޮށްދީފައެވެ.

ވީމާ، އެއްވެސް ފަރާތަކުން އެފަދަ ވަސީލަތެއް ބޭނުންކުރުން ނުވަތަ ޚަބަރާއި މައުލޫމާތު ހޯދުމަކީ މަނާ ކަމެއް ކަމަށް އަންގަމުން ގެންދިޔުމަކީ ޤާނޫނުއަސާސީއާ ޚިލާފު އެންގުމެއް ކަމަށްވާތީ އެ އެންގުމަށް ތަބާވާން ނުޖެހޭނެކަން އާންމުކޮށް އިޢުލާނު ކުރީމެވެ.

16 ފެބްރުއަރީ 2012

-ސެކްރެޓޭރިއަޓް –