ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަތޮޅުތަކުން އަންނަ ޓީމުތަކާއެކު ބައްދަލުކުރައްވަމުން އެބަގެންދަވައެވެ. ރައީސް ނަޝީދު އަތޮޅުތަކުން މާލެއަންނަ ޓީމުތަކާއި ބައްދަލު ކުރެއްވުން ކުރިއަށް ދަނީ އެމަނިކުފާނު ދިރިއުޅުއްވާގެ ގ. ކެނެރީގޭގައެވެ.
މި ބައްދަލުކުރެއްވުން ތަކުގައި މިއަދު ރާއްޖޭގައި މިއޮތް ޣައިރު ޤާނޫނީ ސަރުކާރާއި ދެކޮޅު ހެދުމުގެ ގޮތުންނާއި ރާއްޖޭގައި އިންތިޙާބެއް ބޭއްވުމަށް ބޭރުގެ ފަރާތްތަކަށް ދަންނަވާ އެކަން އަވަސްކޮށްދެއްވުމަށް ދިވެހިރައްޔިތުން އެދޭ ވާހަކަ ބޭރުގެ ފަރާތްތަކަށް ދަންނަވާ ދެއްވުމަށް އަތޮޅުތަކުގެ ޓީމުތަކުން ރައީސްލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ އަރިހުން ދަނީ އެދެމުންނެވެ.
އެމްޑީޕީ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަތޮޅުތަކާއި ބައްދަލު ކުރެއްވުންތައް ބާއްވަވާ ގަޑިތައް ގ. ކެނެރީގެއަށް ވަޑައިގަތުމުން ސާފުކޮށްދެއްވާނެ ކަމަށެވެ.