އެމްޑީޕީގެ ވަރަށް ޚާއްސަ ޖަލްސާއެއް މިރޭ އާރޓިފިޝަލް ބީޗް ގައި އޮންނާނެ

atifisal-13-2-2012-2531

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޚާއްސަ ޖަލްސާ އެއް މިރޭ އާރޓިފިޝަލް ބީޗްގައި އޮންނާނެއެވެ.

މިރޭ 9 ޖަހާއިރު އާރޓިފިޝަލް ބީޗްގައި ފަށާ މި ޖަލްސާއަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ރާއްޖެއަށް ގެނެސްފައިވާ ބަޣާވާތާއި ދެކޮޅު ހުރިހާ ފަރާތްތަކުން ހާޒިރުވެވަޑައިގެން ދެއްވުމަށް އެމްޑީޕީން އެދެއެވެ.

ރާއްޖޭގެ އިންތިޚާބީ ރައީސް މުޙަންމަދު ނަޝީދު ޙިސާރުކޮށް، ބަޣާވާތަކުން ރާއްޖޭގެ ވެރިކަން ވައްޓާލިފަހުން މިހާތަނަށް އެމްޑީޕީން ވަނީ ފޯރިގަދަ 4 ޖަލްސާއެއް ބާއްވާފައެވެ.

ކުއްލި ބަޣާވާތަކުން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާދެއްވަން މަޖުބޫރު ކުރުވައި، އެމަނިކުފާނު އިސްތިޢުފާދެއްވި ފަހުން އެމްޑީޕީގެ މަޤްވޫލުކަން މާލެ އާއި އަތޮޅުތަކުގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަން ފާހަގަކުރެވެއެވެ. އެ ގޮތުން ބޭއްވި ޖަލްސާތަކަށް އެމްޑީޕީގެ މެންބަރުންގެ އިތުރުން ރާއްޖެއަށް ގެނެސްފައިވާ ބަޣާވާތާއި ދެކޮޅު ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވިއެވެ.