އެމްޑީޕީގެ ހަރުގެ އަލުން ހުޅުވައިފި

picture-3301

އެމްޑީޕީގެ މައި ހަރުގެ މިއަދު ހަވީރު އަލުން ހުޅުވައިފިއެވެ. މި ހަރުގެ ހުޅުއްވައިދެއްވީ ރާއްޖޭގެ އިންތިޚާބީ ރައީސް މުޙަންމަދު ނަޝީދު އެވެ.

ހަރުގެ ހުޅުވުމަށް ފަހު އެމްޑީޕީގެ މެންބަރުންވަނީ މާލޭގެ ބައެއް މަގުތަކުގައި ސުލްހަވެރި ހިނގާލުމެއް ބާއްވާފައެވެ.

އަމީނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެ އަލުން މި ހުޅުވީ 2 ފަހަރެއްގެ މަތިން ފުލުހުން އެ ހަރުގެ ތަޅައި ސުންނާފަތިކޮށްލާފައި ވަނިކޮށެވެ.

ފެބްރުއަރީ 6 ވަނަ ދުވަހުގެރޭ ސަރުކާރާއި އިދިކޮޅުވެ، ބަޣާވާތްކުރި ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ، ލާއިންސާނީ ޢަމަލުތައް ހިންގުމަށްފަހު އެ ހަރުގެއަށް ފެބްރުއަރީ 8 ވަނަ ދުވަހުގެ އެމްޑީޕީގެ ސުލްހަވެރި ހިނގާލުމަށްފަހު ފުލުހުންވަނީ އަރައިގަނެ، ހަރުގޭގެ މުދަލަށް ގެއްލުންދީ އެތަން ސުންނާފަތިކޮށްލާފައެވެ.