މެދު އުތުރު ޕްރޮވިންސްގެ އއ.މަތިވެރީގައި އެމްޑީޕީން ބައްދަލުވުމެއް ބާއްވައިފި

20 ޖޫން 2010

mathiveri-450-x-338

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން މެދު އުތުރު ޕްރޮވިންސްގެ މަތިވެރީ ދާއިރާގެ އެމްޑީޕީ މެންބަރުންނަށް މަޢުލޫމާތު ދިނުމަށް އެޕާޓީން އއ.މަތިވެރީގައި ބައްދަލުވުމެއް ބާއްވައިފިއެވެ.
މަތިވެރީ ސްކޫލުގައި ރޭ ބޭއްވި މި ބައްދަލުވުމުގައި އއ. އަތޮޅުގެ ރަށްރަށުގެތެރެއިން މާޅޮސް ނޫން އެހެން ހުރިހާ ރަށަކުން މަންދޫބުން ބައިވެރިވެ، އެރަށްރަށުގައި ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގައި ހުރި ދަތިތަކާ ބެހޭގޮތުން މަޝްވަރާކޮށް މިފަދަ ދަތިތައް ހައްލުކުރުމަށް މަތިވެރީ ދާއިރާގެ އެމްޑީޕީ މެންބަރުން ގުޅިގެން މަސައްކަތްކުރުމަށް ކުރެވިދާނޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި އެކަންތައްތަކުގައި އެއްބާރުލުން ދިނުމަށް އެއްބަސް ވެވުނު ކަމަށް އެމްޑީޕީން ބުނެއެވެ.