ޤަރާރު: އެމްޑީޕީ ކުޑަހުވަދޫ ދާއިރާއިން ޣައިރުޤާނޫނީ ސަރުކާރު ޤަބޫލު ނުކުރާ ކަމުގެ ޤަރާރު

mdp-logo-150-x-157

މި ފެބުރުއަރީ މަހުގެ ހަތް ވަނަދުވަހު ދިވެހިންގެ ޢާއްމު މަދު ބަޔަކާއި ، ދިވެހި
ފުލުހުންގެ ބަޔަކާއި ، ސިފައިންގެ މަދު ބަޔަކާއި ގުޅިގެން ދިވެހިރާއްޖޭގައި ޤާނީގޮތުން ދިވެހިރައްޔިތުން އިންތިޚާބު ކޮށްފައިވާ ޤާނޫނީ ސަރުކާރުގެ ޑިމޮކްރެޑިކް ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދަށް މަޖުބޫރު ކުރުވައިގެން ދިވެހި ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ދެއްވި މަޖުބޫރީ އިސްތިޢުފާ އަކީ މިދާއިރާއިން ބަލައިގަންނަ އަދި ޤާނޫނީ ވެރިކަން ބަދަލްވެފައިވާ ކަމަށް މިދާއިރާއިން ޤަބޫލުކުރާ ކަމެއް ނޫނެވެ. އަދި ހަމަ އެހެންމެ އެމް.ޑީ.ޕީ ގެ ޕްލެޓްފޯމެއްގައި ނައިބުރައީސް ކަމަށް ވަޑައިގެންނެވި ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކަކީ މިހިންގި ބަޣާވާތުގެ އަޑީގައި ހުންނެވި އެންމެ އިސްފަރާތް ކަމަށްވާތީ ދިވެހިންގެތެރަށް ބަޣާވާތެއްގެނެސް ޤާނޫނާއި ޚިލާފަށް ވެރިކަމުގައި ހުރި ޚާއިނެއް ކަމުން މި ޣައިރުޤާނޫނީ ސަރުކާރު މިދާއިއިން ބަލައި ނުގަންނަ ވާހަކަ ދެންނެވީމެވެ.

އަދި ހަމަ އެހެންމެ ދިވެހިރާއްޖެޔަށް ބޮޑު ބަޣާވާތެއް ގެނެސް ޤާނޫނީ އިމުން
ބޭރުން ޤާނޫނީ ރައީސް އެކަހެރި ކުރި ދަނޑިވަޅުގައި ކަމުގެ ޙަޤީގަތް ބެއްލެވުމަކާ ނުލައި ބަޣާވާތުގެ އިސް ލީޑަރ ލައްވައި ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ރައްޔިތުންގެ މަޖުލީހުގެ ރައީސް އަލްފާޟިލް ޢަބްދުއްﷲ ޝާހިދާއި ، އުއްތަމަ ފަނޑިޔާރު އަލްފާޟިލް އަޙަމްދު ފާއިޒު ޙުސެއިން އެ ކުރެއްވި ޢަމަލުން މިބަޣާވަތް ގެނައުމުގައި މި ދެފަރާތްވެސް ބައިވެރިވާ ކަމުގައި މިދާއިރާއިން ޤަބޫލް ކުރާތީ މިހާރު ލިބެމުންދާ އަދި އަމިއްލަޔަށް ބަޣާވަތް ގެނައިކަމަށާއި ، ރައީސް ނަޝީދަށް އިސްތިޢުފާ ދިނުމަށް މަޖުބޫރު ކުރުވިކަމަށް އިޢުތިރާފު ވަމުން ދާމިދަނޑިވަޅުގައި ރައްޔިތުންގެ މަޖުލީހުގެ ރައީސްގެ ޤާނޫނީ މަސްއޫލިއްޔަތު ޒިންމާދާރުކަމާއި އެކު އުފުއްލަވައި މި ޤައުމުގެ ވެރިކަމުގެ ބާރުތަކާއި ޙަވާލުވެ ވަޑައިގެން މިނިވަން އިންތިޚާބެއް ބޭވުމުގެ ފުރިހަމަ ޒިންމާ މަނިކުފާނުން އުފުއްލެވުމަށް އަވަސްވެ ގަތުމަށް މިދާއިރާއިން ގޮވާލަމެވެ.

އަދި މިހާރު މިހިނގާ ސަރުކާރު ޤާނޫނާއި އެއްގޮތަށް އެކުލަވާ ނުލާހާ ހިނދެއްގައި
މިދާއިރާއިން މި ސަރުކާރު ޤަބޫލު ނުކުރުމަށް އިޤްރާރު ވަމެވެ.