ނޫސް ބަޔާން: އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެންބަރުން ހައްޔަރުކުރުމާއި އެބޭފުޅުންނަށް އަނިޔާކުރުން ކުށްވެރިކުރުން

mdp-logo-150-x-157

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގަދާބާރުން ވެރިކަން ހިންގުމުގެ ބާރުތައް އަތުލައްވައިގެން ހުންނެވި ވަހީދު ކުރަމުންގެންދާ އަނިޔާތައް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަމެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޙާބް ކޮށްފައިވާ މުޙައްމަދު ނަޝީދުގެ ސަރުކާރު، މިދިޔަ އަންގާރަ ދުވަހު ރާއްޖޭގެ ސަލާމަތީ ބާރުތަކުން ގެނައި ބަޣާވާތަށްފަހު ރައްޔިތުން މަޖިލީހުގެ މެންބަރުނަށް އަނިޔާކޮށް ބައެއް މެންބަރުންނަށް ވަނީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަނިޔާވެފައެވެ.

ގަދަބާރުން ރާއްޖޭގެ ސަރުކާރު ހިންގުމާއި ހަވާލުވެ ތިބި ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ދެކޮޅަށް ހަޤީޤަތެއްނެތް ޖިނާއީ ދައުވާކޮށް އެ މެންބަރުންގެ ގޮނޑި ގެއްލުވާލަން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ރައްޔިތުން ތަމްޞީލް ކުރަމުން ގެންދަނީ އެމްޑީޕީގެ މެންބަރުން ކަމަށްވިއަސް މެންބަރުންނާމެދު ކުރަމުންދާ ޙަޤީޤަތެއްނެތް ޖިނާޢީ ކުއްތަކުގެ ސަބަބުން ވަނީ ސިހުންލިބިފައެވެ.

ކެބިނެޓް ވަޒީރުން ކަމަށް ވިދާޅުވެ އިއްޔެ ވަޙީދު އިއުލާން ކުރެއްވި ބޭފުޅުންނަކީ ކުރީގެ ރައީސް މަޢުމޫނަށް ވަފާތެރި މަޢުމޫނުގެ ސިޔާސަތުތައް ތަންފީޒު ކުރައްވާނެ ބޭފުޅުންނެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން އިންޓަރޕާލިމެންޓްރީ ޔޫނިއަންގައި އެދެނީ ރާއްޖެއަށް ފޮނުވަން ކަނޑައަޅުއްވާފައިވާ މިޝަން ވީހާވެސް އަވަހަކަށް ރާއްޖެއަށް ވަޑައިގެން ތަޙްޤީޤްތައް ފައްޓަވައި ވަހީދުގެ ޢަމަލުތައް ތަޙްޤީޤް ކޮށްދެއްވުމަށެވެ.