ރާއްޖެއަށް ވީހާވެސް އަވަހަކަށް ވަފުދެއް ފޮއްނުއްވާނެ ކަމަށް އިންޓަރޕާލިމެންޓްރީ ޔޫނިއަންގެ ރައީސް ވިދާޅުވެއްޖެ

parliament

ރާއްޖޭގައި މިހާރު ހިނގަމުން މިދާ ކަންތައްތަކާއިމެދު ކަންބޮޑުވެ ވަޑައިގެން ރާއްޖެއަށް ވީހާވެސް އަވަހަކަށް ވަފުދެއް ފޮއްނުއްވާނެ ކަމަށް އިންޓަރޕާލިމެންޓްރީ ޔޫނިއަންގެ ރައީސް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަށް އެޑްރެސްކޮށް އިންޓަރޕާލިމެންޓްރީ ޔޫނިއަންގެ ރައީސް ޢަބްދުލްވަޙަދު ރާދީ ވިދާޅުވެފައިވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ތަފާތު އަނިޔާތައް ކޮށްފައިވާތީއާއި ބައެއް މެންބަރުން ބަންދުކޮށްފައިވާތީ އެކަމާ އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އަދި އެ މެންބަރުންގެ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް ހުރިހާ މުއައްސަސާއަކަށް އިންޓަރޕާލިމެންޓްރީ ޔޫނިއަންގެ ރައީސް ވަނީ ގޮވާލައްވާފައެވެ.

އެ ޔޫނިއަންގެ ރައީސް ވިދާޅުވެފައިވަނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭނީ ސިޔާސީ މާޙައުލެއްގައި ވާހަކަދެކެވިގެން ކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް އަންނަ މިޝަންގެ އެންމެބޮޑު އެއްބޭނުކަމީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރުން ކަމަށާއި ހުރިހާ ވަފްދުގެ ދަތުރުގައި ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި އިންޓަރޕާލިމެންޓްރީ ޔޫނިއަނުންވަނީ މީގެ އެތައް އަހަރުތަކެއް ކުރިއްސުރެ ފަށައިގެން އެހީތެރިވަމުން ގެންގޮސްދީފައިއެވެ.