ދިވެހިތަޚްތުގައި ވެޑުވުފައިއިން ނަމަވެސް ވަހީދުއަކީ އޭނާގެމައްޗަށް ދިވެހިރާއްޖޭގެ ވެރިކަންހިންގުމުމުގެ އެއްވެސްބާރެއްނެތް ޕަޕެޓެއް ކަމަށް ދާންދޫ ދާއިރާގެ އަތޮޅު ކައުންސިލަރު ވިދާޅުވެއްޖެ

siva-450-x-173

ދިވެހިތަޚްތުގައި ވެޑުވުފައިއިން ނަމަވެސް މިހާރުގެ ރައީސް ކަމަށް ބުނާ ޑރ.ވަހީދުއަކީ އޭނާގެމައްޗަށް ދިވެހިރާއްޖޭގެ ވެރިކަންހިންގުމުމުގެ އެއްވެސްބާރެއްނެތް ޕަޕެޓެއް ކަމަށް ދާންދޫ ދާއިރާގެ އަތޮޅު ކައުންސިލަރު އިބުރާހިމް ޟާބިރު ސިވާސް) ވިދާޅުވެއްޖެއެވެ.(

“އަހަށް އަރާ މީހަކުއެބައިން އެހެންނަމަވެސް ލަގަންއޮތީ ސިފައިންނާއި ފުލުހުންއަތުގަ. މިމޭރުމުން ވާހަކަ ދައްކަމުން ކައުންސިލަރ ވިދާޅުވީ މަދު ބަޔަކު ކުރި ބަޢާވާތުގެ ސަބަބުން ފުލުހުންނާއި ސިފައިންގެ ޔުނިފޯމަށް ކުރަމުން އައި އިހްތިރާމް މުޅިންހެން ގެއްލިޖެ. 2008 ވަނަ އަހަރު މިރާއްޖޭގައި އުފެދުނު ވެރިކަމަކީ މިރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ ސީދާ ވޯޓަކުން ވުޖޫދުވި ހަމައެކަނި ވެރިކަން. މިކަމަށް މުޅި ކައުނު ހެކިވާނެ.” ހޮނިހިރު ދުވަހުގެރޭ ގއ.މާމެންދޫ އެމްޑީޕީ ހަރުގޭގައި ބޭއްވީ ޖަލްސާގައި ވާހަކަދައްކަވަމުން ސިވާސް ވިދާޅުވިއެވެ.

ޑރ.ވަޙީދު ކުރެއްވިހާވެސް ކަމަކީ އަނިޔާވެރި ވެރިކަމެއް އަލުންއަބުރާ ދިވެހި ވެރިކަމުގެ ކޮއިލުގެ ތެރެއަށް ވެއްދުން ކަމަށާއި، ވެރިކަން ބަޣާވާތްކުރިދުވަހު އެކަންސާބިތުވެގެން ހިގައްޖެ ކަމަށް ސިވާސް ވިދާޅުވިއެވެ.

“އެކަންސާބިތުވެގެން ހިނގައްޖެ ޖެހިގެންއައިދުވަހު. މިއަދު ކޮބާތޯމާއްދާ 27 ވީސް! މިއަދު ކޮބާތޯ ހިޔުމަންރައިޓުސް ކަމިޝަން! މިަދު ކޮބައިތޯ އެއްކަލަ މިނިވަން މީޑިޔާތައް! މިއަދު ކޮބައިތޯ ރައްޔިތުންނަށް އަނިޔާ ކުރާތީ ލަގޮނޑިޔަށް ކެތްނުކުރެވިގެން ބަޢާވާތް ހިންގި ފުލުހުން؟ ” ރައީސް ނަޝީދުގެ ސުލްހަވެރި ހިނގާލުމަށް އިޝާރާތް ކުރަމުން ކައުންސިލަރ ވިދާޅުވިއެވެ.

ގއ.މާމެންދޫ ކައުންސިލްގެ އިދާރާއި ކޯޓްގައި ހުޅުޖަހާލާނެ ކަމަށް ބިރުން އެރޭ ނިދިނަގާލައިގެން ތިބި އެރަށު ކައުންސިލަރުންނަށް އިޝާރާތް ކުރައްވަމުން ސިވާސް ވިދާޅުވީ އެމްޑީޕީން އެއްވެސްކަމެއް ސިއްރުން ނުކުރާނެ ކަމަށާއި، “އެމްޑީޕީން ކަންކަން ކުރާނީ މިކުރަނީއޭބުނެފަ، އާންމުކޮށް އިއުލާންކޮށްފައި.” ކަމަށެވެ.

މިޖަލްސާގައި ވާހަކަ ދެއްކި ހުރިހާ ފަރާތްތަކުންވެސް ވަނީ ވެރިކަން ވައްޓާލުމަށް ބަޣާވާތް ކުރި މައްސަލަ ހަރުކަށި އިބާާރާތުން ކުއްވެރި ކޮށްފައެވެ. އަދި މި ބަޣާވާތައް ފުރުޟަތުލިބުނީ އިދިކޮޅު ފަރާތްތަކަށް މާ ބޮޑަށް މިނިވަންކަންދީގެން ކަމަށް އެއްމެން އިއްތިފާގު ވެއެވެ.

އަދި އަލުން އާހިތްވަރަކާއި އެކު މާމެންދޫ އެމްޑީޕީގެ ހަރަކާތްތައް ފަށާފައިވާ ކަމަށް ވެސް މާމެންދޫން ބުނެއެވެ.