އެމްޑީޕީން މިރޭ ދަރުބާރުގޭގައި ބާއްވަން ހަމަޖެއްސި ޖަލްސާ ކެންސަލްކޮށްފިއެވެ.
މި ޖަލްސާ ކުރިން ބާއްވަން ހަމަޖެހިފައި އޮތީ ސުނާމީ ބިނާ ސަރަހައްދުގައެވެ. ނަމަވެސް އާރޓިފިޝަލް ބީޗުގައި ބާޣީ ސަރުކާރުގެ ކެބިނެޓްގެ ގިނަ މަގާމްތަކެއް ފުރާ ޕީޕީއެމްގެ ޖަލްސާ އެއް ހަމަ އެގަޑީގައި ބާއްވާތީ، ދެފަރާތުގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގާފާނޭ ކަމަށް ބަލައި އެ ޖަލްސާ ދަރުބާރުގެއަށް ބަދަލުކުރިއެވެ.
އެހެން ނަމަވެސް މި ޖަލްސާ މިހާރު ވަނީ ކެންސަލްކޮށްފައެވެ.