ރައްޔިތުންނަށްލިބިފައިވާ ގާނޫނީ މިނިވަންކަން ރާއްޖޭގެ ސަލާމަތީބާރުތަކުން ނިގުޅައިގެންފި

ފަހަލަސަޢީދު

qasam

ކުއްލިޙާލަތު ޢިއުލާން ކުރުމެއްނެތި މަގުމަތީގައި އުޅޭމީސްމީހުން ހިފާހައްޔަރުކޮށް ތަޅާ ބޮޑެތި އަނިޔާތައްކޮށް ދިވެހިރައްޔިތުންނަށް ގާނޫނު އަސާސީއިން ލިބިދީފައިފައި ވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ތިމާގެ ބުއްދިއަށް ފެންނަ ގޮތް ހާމަކުރުމުގެ މިނިވަންކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ވަނީ ނުހަނު އަނިޔާވެރި ކަމާއެކު ނިގުޅައިގެންފައެވެ.

ނަމަވެސް ޢާންމުންގެ 3 މީހަކާ ސަލާމަތީބާރުގެ ތެރޭގައި ހިމެނޭބަޔަކު ރައީސުލްޖުމްހޫރިއްޔާއަށް ބިރުދައްކާ ހައިޖެކުކޮށް ރައީސުލްޖުމްހޫރިއްޔާއަށް މަޖުބޫރުކޮށްގެން އެމަނިކުފާނު ލައްވާ އިސްތިއުފާގެ ސިޓީ ލިއުއްވާ އެސިޓީ އިސްވެ މިދެންނެވި ޢާންމުންގެ ތިންމީހުން ޖަހައިގަނެ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބަށް ހުރަސް އަޅާ ސަލާމަތީ މައިމަރުކަޒަށާ ރައީސުލް ޖުމްހޫރިއްގެ އޮފީހަށް ވަދެ ރައީސް އަށް އިސްތިއުފާ ދިނުމަށް ކުރި މަޖުބޫރަކީ ގާނޫނީ އިމުންބޭރުގައި ދިވެހި ސަލާމަތީބާރުން ހިންގާފައިވާ ހައްދުފަހަނަޅާފައިވާ ބޮޑުޖަރީމާއެކެވެ.

މިޢަނިޔާވެރި ހުތުރު ޢަމަލު ހިންގި އެންމެންނަށް މަރުގެ އަދަބު ލިބެން ޖެހޭނެއެވެ. މަގުމަތީގައި އުޅޭޒުވާނުންނަށް ރާއްޖޭގެ ސަލާމަތީ ބާރުގައި ރިޝްވަތު ހިފާފައި ތިބި ބަޔަކު ވާކަން އެނގޭ ހިނދު ކުލީ ސިފައިންނޭ ބުނާ ކޮންމެމީހަކަށް ސަލާމަތީ ބާރުގައި ހިމެނޭ ގުންޑާއިން ދެމުންގެންދާ އަނިޔާތަކަކީ ކުއްލިޙާތު އިޢުލާނު ކުރުމެއްނެތި ކުރެވޭނެ ކަމެއް ނޫނެވެ.

ރައްޔިތުން ހޮވާފައިހުރި ވެރިޔަކަށް މަޖުބޫބޫރުކޮށް ހައިޖެކު ކުރި ފަރާތްތަކަކީ މިރާއްޖޭގެ ތާރީޚުގައި އެންމެފުރަތަމަ ފަހަރަށް ލިޔެވިގެންދާނޭ އެންމެ ބޮޑު ޓެރަރިސްޓެވެ. ކޮންމެ ފެށުމަކަށް ނިމުމެއް އަންނަފަދައިން މިހާރު މިއޮތްވެރިކަން ވެސް ނިމޭނެއެވެ. އެހެންކަމުން މިދެންނެވި ތިންފަރާތް ޝަރީޢަތުގެ ކުރިމަށްޗަށް ގެންދެވޭނޭ ދުވަސް ވަރަށް އަވަހަށް ރައްޔިތުންނަށް ފެނިގެން ދާނެއެވެ.

ނަމެއްގައި ރައީސަކު ހުންނެވިނަމަވެސް މިރާއްޖޭގެ ވެރިކަން ހިންގަނީ ކުރީގެ އަނިޔާވެރި ރައީސެވެ. ޑިފެންސަށް އަމުރު ކުރަނީ މަހުޖަނެވެ، މިރާއްޖޭގައި މިހާރު ފުލުހުން އެހިންގަނީ މަހުޖަނުގެ އަމުރެވެ. ހައްޔަރުކުރާމީހުންގެ ލިސްޓުވެސް ނެރެނީ ޖުމްހޫރީ ޕާޓީގެ އޮފީހުން ކަމަށް ވާހަކަދެކެވެއެވެ.