– އެމްޑީޕީގެ މަޤްބޫލުކަން ދަނީ މާލެ އާއި އަތޮޅުތަކުގައި ވަރަށް ބޮޑަށް އިތުރުވަމުން
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޚާއްސަ ޖަލްސާ އެއް މިރޭ އާރޓިފިޝަލް ބީޗްގައި އޮންނާނެއެވެ.
މިރޭ 9 ޖަހާއިރު އާރޓިފިޝަލް ބީޗްގައި ފަށާ މި ޖަލްސާއަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ރާއްޖެއަށް ގެނެސްފައިވާ ބަޣާވާތާއި ދެކޮޅު ހުރިހާ ފަރާތްތަކުން ހާޒިރުވެވަޑައިގެން ދެއްވުމަށް އެމްޑީޕީން އެދެއެވެ.
އެމްޑީޕީން ރެ އާއި ކުރީ ރޭވެސް ވަނީ ވަރަށް ފޯރިގަދަ 2 ޖަލްސާ ދަރުބާރުގޭ ރަންނަ ބަނޑެރި މާލަމުގައި ބާއްވާފައެވެ.
ކުއްލި ބަޣާވާތަކުން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާދެއްވަން މަޖުބޫރު ކުރުވައި، އެމަނިކުފާނު އިސްތިޢުފާދެއްވި ފަހުން އެމްޑީޕީގެ މަޤްވޫލުކަން މާލެ އާއި އަތޮޅުތަކުގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަން ފާހަގަކުރެވެއެވެ. އެ ގޮތުން ދަރުބާރުގޭގައި މި ދެ ރޭ ބޭއްވި ޖަލްސާތަކަށް ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވިއެވެ.