އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް މިރޭ ވެސް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އޮންނާނެ

އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް މިރޭ ވެސް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އޮންނާނެ އެވެ.

މިރޭ (10 ފެބްރުއަރީ 2012 ވާ ހުކުރު ދުވަހުގެރޭ)، 9 ޖަހާއިރު ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ފަށާ މި ޖަލްސާ އަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި އެ ޕާޓީއަަށް ތާޢީދު ކުރައްވާ އަދި ހެޔޮ އެދިވަޑައިގަންނަވާ ފަރާތްތަކުންނާއި، މިހާރުގެ ބާޣީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ހާޒިރުވުމަށް އެމްޑީޕީން އެދެއެވެ.

ރޭ ވެސް އެމްޑީޕީން ވަނީ ދަރުބާރުގޭގައި ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާ އަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެފައި ވެއެވެ.