ފޮޓޯ: ބާޣީ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ބާއްވާ މުޒާހަރާ .. 8 ފެބްރުއަރީ 2012

ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ އިންތިޚާބުވި ޑިމޮކްރެޓިކް ރައީސް މުޙަންމަދު ނަޝީދަށް މަޖުބޫރު ކުރައްވައިގެން އެމަނިކުފާނު ލައްވައި އިސްތިއުފާދެއްވުމުގައި އިސް ރޯލެއް އަދާކުރި ފުލުހުންނާއި، ސިފައިން ވަނީ މި މުޒާހަރާގެ ބައިވެރިންނާ ވަރަށް އަނިޔާވެރިކޮށް ކުުރިމަތިލައި، ރައީސް ނަޝީދާއި، އެމްޑީޕީގެ ޗެއަރޕާސަން އާއި އެ ޕާޓީގެ އިސް އެހެން މެންބަރުންނާއި އަދި ޚާއްސަކޮށް ބައެއް މެންބަރުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލަތައްދީފައި.

މި މުޒާހަރާގައި 8000 އާ ގާތްކުރާ ޢަދަދަކަށް މީހުން ބައިވެރިވި.

އަނިޔާވި ފަރާތްތައް ވެސް ފުލުހުންގެ އެމްބިއުލާންސަށް އަރުވާފައިވަނީ ބިންމަތީގައި ދަމާފައި.

އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު އޮންނެވީ އައިގީއެމްއެޗްގެ އައިސީޔޫގައި

ފޮޓޯ:އަނދާ