މި މަހުގެ 17 ވަނަދުވަހު އެމްޑީޕީ އިން ބާއްވާ ސުލްހަވެރި އެއްވުމުގައި ބައިވެރި ވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ އައުމަށް ތައްޔާރު ވަމުން އެބަދޭ

ފަހަލަސަޢީދު

aa-etol-14-07-2010-139-450-x-240

އެމްޑީޕީގެ ޢަދުލު އިންޞާފްގެ ވައުދު ފުއްދުމަށްޓަކާ ފެށި އިންޞާފްގެ ދަތުރު، މީޒާނުގެ ތިލަފަތް ހަމަ ހަމަ ކުރުމުގެގޮތުން މިހިނގާ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބާއްވާ ޞުލްޙަވެރި ބޮޑު އެއްވުމުގައި ބައިވެރިވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ އަންނަން ބޭނުންވާ އެމްޑީޕީގެ މެންބަރުންނާ ސަޕޯޓަރުން މާލެ ގެނައުމުގެ އިންތިޒާމް ޕާޓީގެ ދާއިރާތަކުންނާއި، ގޮފިތަކުންނާއި، ވަކިވަކި ފަރުދުން ދަނީ ހަމަޖައްސަމުންނެވެ.

ރާއްޖޭގެ ޢަދުލު އިންޞާފްގެ ދާއިރާ އިދިކޮޅު ފަރާތްތަކުގެ ޚިޞާރުން މިނިވަން ކުރުމަށްޓަކައި އެމްޑީޕީގެ ފަރާތުން ފަށާފައިވާ އިންޞާފްގެ މި ދަތުރަކީ ރާއްޖޭގައި މިހިނގާ ވެރިކަމުގެ ނިޒާމާ އެއްގޮތަށް ރާއްޖޭގެ ޖުޑިޝަރީ ބައްޓަންކޮށް އަންނަނިވި ޖީލުތަކަށް އިންޞާފްވެރި ފަނޑިޔާރުގެއެއް ގާއިމްކޮށް ދިނުމަށްޓަކާ ކުރާ ދަތުރެކެވެ.

މިދަތުރުގައި ބައިވެރިވުމަށް މާލެ އަންނަ ފަރާތްތަކަށް މަރުޙަބާ ދެންނެވުމުގެ އިންތިޒާމް އެމްޑީޕީން ހަމަޖައްސަމުންދާއިރު، މި ސުލްހަވެރި މުޒާހަރާގައި ބައިވެރިވުމަށް ވަކިވަކި ފަރުދުންގެ ގޮތުގައި މިހާރުވެސް ގިނަބަޔަކު މާލެ އަންނަމުން އެބަދެއެވެ. އަތޮޅުތަކުން މާލެ އަންނަ މީހުން އައުމަށް ހަމަޖެހިފައިވާ ގަޑިތަށް ފަހުން ހާމަކުރާނޭ ކަމަށް އެމްޑީޕީން ބުނެއެވެ.

ދޭތިން އެކަށްޗަށް އެމްޑީޕީގެ މެންބަރުންގެ ހިއްވަރާ ޢަޒުމު ދައްކުވައިދޭ މިދެންނެވި ބޮޑު އެއްވުން ވެގެން ދާނީ ރާއްޖޭގެ އެންމެ ގިނަމީހުން އެއްތަނަކުން ބައްދަލުވެގެންދާ ފުރަތަމަފަހަރަށެވެ.