ނޫސް ބަޔާން: ގދ.ނަޑެއްލާ އެމްޑީޕީ މެދުމިން ގޮފީގެ ނޫސް ބަޔާން

mdp-logo-150-x-157

އިސްލާމް ދީނުގެ ނަމުގައި 23 ޑިސެމްބަރ 2011 ގައި ކުރި މުޒާހަރާއަށް ފަހު ތަކުރާރުކޮށް އިސްލާމް ދީނާޢި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތާއި އުއްމަތުގެ ދަންނަބޭކަލުންގެ އިޖުމާއު އާއި ކަނޑައެޅިގެން ޚިލާފަށް، އިސްލާމްދީނަށް ގޮންޖައްސަވައި، އިސްލާމްދީނުގެ ޙުރުމަތް ކަނޑާލައި، މުސްލިމް އުންމަތެއްގެ މުސްލިމުންނަކީ މުސްލިމުން ނޫންކަމުގައި ބުނެ މުސްލިމް އަޚުންނާއި އުޚުތުންގެ ލޭ އޮހޮރުވުމަށް ގޮވާލައި، ޤައުމުގެ ވަލިއްޔުލް އަމުރާއި މުޙާތަބުކޮށް ބޭއަދަބީ ބަހުން ވާހަކަ ދައްކަމުންދާ ޝޭހުންގެ ސަބަބުން މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދުވަހަކުވެސް އުފެދިފައި ނުވާ ވަރުގެ ފިތުނަ ފަސާދަ ތަކެއް މިއަދު މިވަނީ އުފެދި އާއްމުވެފައެވެ. ޒަމާނުއްސުރެ ދިވެހިން ގެންގުޅެމުން އައި އިޙްތިރާމްކުރުމުގެ މަތިވެރި ޙުކޫމަތަށް ބުރޫއަރައި ދިވެހިންގެ އަޚްވަންތަކަމާއި އުޚުއްވަތްތެރިކަމުގެ ކިއްލާގައި ރެނދުލައި، މުސްލިމު މި ކުޑަކުޑަ މުޖުތަމަޢު ފަސާދަވެ، ކުޑަކުދީން މުސްކުޅިންނަށް ކުރަމުން އައި އިހްތިރާމައި ގަދަރުނެތި މުސްލިމް އަޚުންގެ މެދުގައި އޮންނަންޖެހޭ އުޚުއްވަތްތެރިކަމުގެ މަތިވެރި އުސޫލު މުގުރި ދިވެހި ޤައުމު ފަސާދަ ވެދާދިޔުމަކީ މި ގޮފީގެ 50 އެތައް މެމްބަރުންނެއް އެކަމުގައި ކަންބޮޑުވާ ކަމެކެވެ.

ދިވެންނަކީ ޒަމާނުއްސުރެ ހަމަޖެހޭ ހަމަހިމޭން ޖައްވެއްގައި އުޅެމުން އަންނަ ހުދުމުޚްތާރު ވެރިކަމާއި ވަޔަށް ޖައްވަށް ފަޒާޔަށް ޖެހި އުންޑައިގެ އަޑުތަކާއި ފުޅިތޮއްޓާއި ޗިލީސޯސްގެ ބިރާއި ހިއްދަތިކަން ފަހަނަޅައި އިންތިޙާބާއި ދިމާކޮށް ދައްކާ ފޮނިހުވަފެންތައް ބިލާހަކަށްވެ، ޖެހި ކަޑަތަކާއި އެޅި ބިންގާތައް ބިމަށްދާވެދިޔަ ދުވަސް ތަކުގެ މަތިން އިބްރަތް ހޯދައި 11 ނޮވެމްބަރ 2008 ވީ އަންގާރަދުވަހު މިރާއްޖޭގެ ވެރިކަން ބަދަލުކޮށް ހިލޭ ބޭސްފަރުވާޔާއި ދަތުރު ފަތުރާއި، ބޯހިޔާވަހިކަމާއި އިޖުތިމާޢީ ރައްކާތެރިކަން އާދެ! އެކަނިވެރިމައިންނަށް އަޅާލާ ދުވަސްވީ މީހުންގެ އަގުވަޒަންކުރާ ނުކުޅެދޭ މީހުންގެ ނިކަމެތި އިހްސާސްތަކުގައި ބައިވެރިވާ ޒުވާނުންނަށް ވަޒީފާގެ އެތަކެއް ޕްރޮގުރާމެއް ހިންގައި، ނުވާނޭކަމަށް ވިދާޅުވި އެތައް ކަމެއް ކޮށްދީ ރަށުބަންދުގައި ވީ، އެތައް ބައެއް ރަށުބަންދުން ފިލުވައި އެތައް ރަށެއްގެ ބިންހިއްކައި، އެތަކެއް ފްލެޓެއް އަޅައި، ރާއްޖެގެ ތާރީޚްގައި ދުވަހަކުވެސް މި ރާއްޖެ ދެކެފައިނުވާ ފަދަ އިޚްލާސްތެރި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެމުންދާ، މި ސަރުކާރުގެ އޯގާތެރިކަން ޚުދު ތިމާގެ މައިން ބަފައިންނާއި ދަރީންނާއި އާއިލާ އަށް ސީދާގޮތެއްގައި ލިބެމުންދާއިރު އެކަމަށް ގޮންޖައްސަވައި، ޤާނޫން އަސާސީގެ ބާރު ކަނޑުވާލައި ޤުރުއާނާއި، ހަދީސަށް ގޮންޖައްސަވައި، މުސްލިމުންގެ ލޭ އޮހޮރުމަށް ގޮވައި މުސްލިމު މުޖުތަމުގައި މުސްލިމު އަޚުންނާއި، އުޚްތުންގެ މެދުގައި ޖިހާދުކުރުމަށް ގޮވަމުންދާހިނދު، މި ޤައުމުގެ ތަރައްޤީ އާއި އިޤްތިސާދު ފުނޑު ފުނޑު ކޮށްލައި، އާއްމު ރައްޔިތުންގެ މުދަލަށާއި ތަކެއްޗަށް ނުހަނު ބޮޑެތި ގެއްލުންތައް ދެމުންދާ ހިނދު ޤައުމުގެ ސަލާމަތީބާރުތަކުގައި ތިއްބެވި ޤައުމު އެބަޔަކަށް ޓަކައި، ފަޚުރުވެރިވާ ކުޅަދާނަ ކާނަލުންގެ މަސައްކަތަށް ފާޑުކިޔައި، އެފަރާތްތަކުގެ އަގުވެއްޓޭ ގޮތަށް އަމަލު ކުރައްވަމުން މިދާ ދިޔުމަކީ މި ގޮފިން ނުހަނު ކަންބޮޑުވެ ހިތާމަކުރާކަމެކެވެ.

ޤައުމުގައި ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމް ވިޔަ ނުދިނުމަށް 30 އަހަރު މި ޤައުމަށް ޤައްދާރުވީ އަނިޔާވެރިން ހިންގަންމިއުޅޭ ޖަރީމާ މިހާރުން މިހާރަށް ހުއްޓާލައި މި ސަރުކާރުން މި ޤައުމުގެ ތަރައްޤީ އަށް ހިންގަން ބޭނުންވާ ބޮޑެތި މަޝްރޫއުތަކަށް ފުރުސަތުދީ އިދިކޮޅު ސިޔާސީ ވެރިންނާއި އަދުލު އިންސާފު ޤާއިމް ކުރައްވަން ނުދަންނަ ޤާޒީން މި ހާރުން މިހާރަށް މަޤާމުން އިސްތިއުފާދެއްވުމަށް ފަހު އިސްލާމީ ޝަރީއަތާއި އެއްގޮތަށް އަދުލު އިންސާފު ގާއިމް ކުރާ ފަނޑިޔާރު ގެތައް ޤާއިމްކުރުމަށް ދިވެހި ދައިލަތުގެ ވެރިޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށާއި، ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހްމަދު ފާއިޒް ޙުސައިން އަށާއި ދިވެހި ރައްޖޭގެ ރައްޔިތުންގެ މަޖިލީހުގެ 77 މެމްބަރުނަށް މި ގޮފީގެ 50 އެތައް މެމްބަރުންގެ ފަރާތުން ގޮވާލަމެވެ.

ޙަމްދޫން ރަޝީދު
( ގދ. ނަޑެއްލާ އެމް.ޑީ.ޕީ މެދުމިން ގޮފީގެ ރަޢީސް )