އިންސާފުގެ ދަތުރަށް އެމްޑީޕީން ހުޅުވި ފަންޑަށް މިވީ ދެ ދުވަސް ތެރޭގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެމްޑީޕީ ފަންޑްރައިސިންގ ކޮމިޓީން ބުނެފި

މި ފަންޑަށް އެހީވުމަށް އެމްޑީޕީން ވަނީ އެޕާޓީއަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް ގޮވާލާފައި

އިބްރާހީމް ރާމިޒް

muzaaharaa-450-x-338

އަދުލު އިންސާފުގެ ދާއިރާ ސިޔާސީ ވަކި ބައެއްގެ މުށުތެރޭގައި ތާށިވެފައި އޮންނަ އޮތުމުން އެ ދާއިރާ މިނިވަން ކުރުމަށް މި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ “އިންސާފުގެ ދަތުރަށް” ތައްޔާރުވުމަށް އެމްޑީޕީން ހުޅުވި ފަންޑަށް މިވީ ދެ ދުވަސް ތެރޭގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެމްޑީޕީ ފަންޑްރައިސިންގ ކޮމިޓީން ބުނެފިއެވެ.

” ރާއްޖޭގެ އެންމެހާ ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި ފެއްޓި މިމަސައްކަތުގެ އެންމެ ފަހު މަރުހަލާ “އިންސާފުގެ ދަތުރު” ކުރުމަށްޓަކައި އެމްޑީޕީގެ ބޮޑު އެއްވުން 17 ފެބުރުއަރީ 2012 ގައި ބޭއްވުމަށް ގައުމީ މަޖްލީހަށް ހާޒިރުވި މެމްބަރުންގެ އަޢްލަބިއްޔަތުން ނިންމުމާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން މި އެއްވުމުގައި ބައިވެރިވުމަށްޓަކައި މާލެ އައުމަށް ވަރަށް ބޮޑު ޙަރަދެއް ޕާޓީގެ ފަރާތުން ކުރަން ޖެހިފައިވާތީ، މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މި ޕާޓީން ފަންޑްރައިސް ކުރުމަށް ހުޅުވާލާފައިވާކަން ޕާޓީގެ މެމްބަރުންނަށާއި ހެޔޮ އެދޭ ފަރާތްތަކަށް ދެންނެވީމެވެ.” އެމްޑީޕީ ފަންޑް ރައިސިންގ ކޮމިޓީން މިއަދު ނެރުނު ބަޔާނުގައި ވެއެވެ. ” އެމް ޑީ ޕީ އުފެދުނީއްސުރެ މި އަދާހަމަޔަށް ހޯދިފައިވާ ކާމީޔާބީއަކީ ތިޔަ ހެޔޮއެދޭ ފަރާތްތަކުންނާއި މެމްބަރުން ދެއްވި އެހީއާއި މަސައްކަތްޕުޅެވެ.”

އަދި ކަމަކީ ވަރަށް ބޮޑު ޙަރަދަކަށް ވާތީ ދީލަތި ފަރާތްތަކުން އެހީ ތެރިކަން ފޯރުކޮށް ދެއްވަމުން ގެންދަވާކަން އުފަލާއެކު ފާހަގަކޮށް، އިތުރު އެހީތެރިކަން ބޭނުންވާ ކަމަށް ވެސް މި ބަޔާނުގައިވެއެވެ.