މެންބަރުންގެ ޚިޔާލު: ވެރިކަން ލިބޭނީ ރައްޔިތުންގެ ލޯބި ލިބިގެން

– އާފު –

democracy

ޒަމާން ބަދަލުވެ ގައުމުގެ އޮއިވަރު މިއޮތީ ވަރަށްބޮޑަށް ބަދަލުވެފައެވެ. ރައްޔިތުންލައްވާ ކަމެއް ހޯދަން ބޭނުންވާނަމަ ޖެހޭނީ އެރައްޔޮތުންގެ ލޯބި ހޯދާށެވެ. ފައިސާ އާއި އަނިޔާވެރިކަމާއި ބަދުނާމުކުރުންތަކަކީ މިރާއްޖޭގެ ރައްޔިތުން ބޭނުން ކަންކަމެއްނޫނެވެ. ވެރިކަން ލިބެނީ ރައްޔިތުން ބަލައްިގަންނަފަދަ މެނިފެސްޓޯއެއް ހުށަހަޅާ އެ ރައްޔިތުންނަށް ވިއްކީމައެވެ. ހީރޯ އާއި ޒީރޯ ކަނޑަ އަޅަނީ އެގޮތުންނެވެ.

ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުނަމަ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވަން ދަސްކުރާށެވެ. 30 އަހަރުގެ އަނިޔާވެރިކަމުން މިގައުމު ސަލާމަތްކޮށްދެއްވި ހީރޯ ކަންތައްކުރެއްވި ގޮތް ދަސްކުރައްވާށެވެ. އެމަނިކުފާނު ހިންގެވި މަގުން ހިންގަވާށެވެ. ޖުމްހޫރީ މައިދާނުގައި އިށީދެ އުފުރާލާ ހިސާބުން އެކަން ނިއްމާނުލައްވާށެވެ.

ރާއްޖޭގެ ވެރިކަމަށް ކުރިމަތިލައްވާނެކަން އިޢްލާން ކުރައްވާއިރު އެމީހެއްގެ ފަހަތާއި ކުރިމަތި އަދި ފަސްބައި ސާފުވާންޖެހެއެވެ. ރައްޔިތުންނަށް މަލާމާތްކުރުމާއި، ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވުމާއި ، އަނިޔާވެރިވުމާއި، މަކަރާތްހީލަތްއެދުންފަދަ ކަންތައްތަކުން ސަލާމަތް ވާންޖެހެއެވެ. ތިމާ ވެރިކަމށް ކުރިމަތިލާއިރު ތިމާގެ މާޒީ ރައްޔިތުން ބަލާނެކަން އެގެން ޖެހޭނެއެވެ. ބޭނަކްތަކަށް ދައްކަން ހުކުމް ކޮށްފައިވާ ފައިސާތައް ނުދެއްކުމާއި، ރައްޔިތުންނަށް ލިބޭ ސަބްސިޑީޒް ތައް މަޖްލިސް މެދުވެރިކޮށް ހުށްޓުވަން އުޅުމާއި،ވަގުވިޔަފާރިކޮށް 800 މިލިއަން ޑޮލަރުގެ ހިޔާނަތްވުމާއި، ނުހައްގުން ރައްޔިތުންނަށް އަދަބުދިނުންފަދަ ކަންކަން ތިމާމެންގެ މާޒީގައިވާނަމަ ވެރިކަމަކީ ވަރަށް ބީރައްޓެހި އެއްޝަކަށްވާނެއެވެ. މިހާރުގެ ވެރިކަމާއި ޚިލާފަށް ތިމާ ރައްޔިތުންނަށް ކޮށްދޭނީ ކޮންކަމެއްކަން ބުނަންނޭގޭނަމަ ރައްޔިތުން ތިމާ ޗޮކުން ދުއްވާލާނެއެވެ.

ވެރިކަން ހޯދަން ރައްޔިތުންގެ ލޯބި ހޯދަން ޖެހޭއިރު އެކަން ކުރާނެގޮތް ފިސާރި އެގެންޖެހެއެވެ. މިއަދުގެ ރައީސް ވެރިކަމަށް ވަޑައިގަތީ މިގައުމުގައި އެއިރު މާޔޫސްވެފައިތިބި ރައްޔިތުންނަށް އާރޯކަމާއި ތާޒާކަން ގެނެސްދޭނެ ކަމަށް ވަޢްދުވެ އެމަނިކުފާނާއި ޕާޓީގެ މެނިސްފެސްޓޯ ރައްޔިތުންނަށް ހުށަހަލާ އެކަމުދިޔައީތީއެވެ. ދެން ރައްޔިތުންބަލަމުންދާނީ އެ ވަޢްދުތައް ރައީސްނަޝީދު ފުއްދަވާތޯއެވެ. ވަރަށް ސާފުކޮށް ފެންނަން މިއޮތީ އެ ވަޢްދުތައް ފުދެމުންދާތަނެވެ.

ދަތުރު ފަތުރުގެ ނިޒާމުން މުޅި ރާއްޖެގުޅި އެނިޒާމުން މިލިޔަނަކާގާތައް ރައްޔިތުން މިއޮތީ ދަތުރުކޮށްފައެވެ. އިދިކޮޅުފަރާތްތަކުގެ ފައިބުޑަށާއި ވެރިކަމުގެ ކޮއިލަށް ބޭސް ސިޓީ ހިފައިގެން އާދޭސް ދަންނަވަން ދާން ނުޖެހޭގޮތައް އާސަންދަގެ ހިދުމަތުގެ ތެރެއިން ކޮނަމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާގެ ހެލްތް ޕެކެޖެއް މިވަނީ ދެވިފައެވެ. ވެށިފަހި މާލެ ޕްރޮގްރާމާއި ރާއްޖެތެރޭގައި އަޅަމުންދާ ފްލެޓްތަކާއި ގެދޮރު އެޅުމަށް ދޫކުރަމުންދާ ލުއިލޯނުތަކާއި އެކު ބޯހިޔާވެހިކަމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭނެކަން މިވަނީ ކަށަވަރުވެފައެވެ. 30 އަހަރުން މިގައުމަށް ފަތުރާފައިވާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަނާވާ ޒުވާނުން މިއަދު މަދުވެ މުޖްތަމަޢް އެވަބާއިން މިދަނީ ސަލާމަތްވަމުންނެވެ. ޑިޔުޓީ ކަނޑާލުމާއި އިނާޔަތުގެ ޕެކޭޖްތާކާއި އިގްތިސާދީ ޕްރޮގްރާމްތަކާއި އެކު ތަކެތީގެ އަގު މިވަނީ ތިރިވަންފަށައިފައެވެ.

ވެރިޔަކު ހޮވަނީ ރައްޔިތުންބޭނުންވާ ކަންތައްތައް ފުއްދައިދިނުމަށްކަމަށްވާއިރު މިއަދުގެ ރައީސް މިފެންނަނީ އެކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައެވެ. ވިދާޅުވި ވަޢްދުތައް ފުއްދަމުން ދާތީ އާއި ރައްޔިތުންނަށް ބަހަށްޓަވާ އޯގަތެރިކަމުގެ ސަބަބުން ރައްޔިތުން އެމަނިކުފާނުދެކެ އިންތިހާއަށް ލޯބިވެއެވެ.ހީވާގިކަމާއި އިޚްލާސްތެރިކަމާއިހެދި ރއްޔިތުންގެ ހިތުގައި އެމަނިކުފާނުގެ ނަންވަނީ ބިންވަޅުނެގިފައެވެ. ލޯތްބާއި ކުލުނުން ފުރިފައެވެ. 2013 ގެ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ރައްޔިތުން އެމަނިކުފާނުގެ ފަހަތްޕުޅުގައިތިބިކަން އިންތިހާބުތަކުން ދަނީ ދައްކައިދީ ޔަގީންކަން އަރުވަމުންނެވެ. މިސަރުކާރަށް ރައްޔިތުންގެ އިތުބާރާއި ތާއީދު އޮތަކަން އަބަދުމެ ދަނީ ހާމަކުރަމުންނެވެ.

ރައްޔިތުންނަށް ކަންނެތް މީހުންނޭގޮވައި ރައީސް ނަޝީދައް ވެލިކާންޖެހޭނެކަމަށް ގޮވަމުންދާއިރު ރައްޔިތުންގެ ވޯޓް ހޯދަން ޖެހޭކަން ހަދުމަނައްތާނުލާށެވެ. ރައްޔިތުންގެ ލޯބި ދެންލިބޭނީ ރައީސް ނަޝީދައްވުރެން ތިމާމެން ފުރިހަމަވެގެންނެވެ. ރައްޔިތުންގެ ލާރިތަކުން ބަނޑުތައް ފުރާލައިގެން ނިކުމެ މިއުޅެނިވެރިކަން ހޯދަންށޭ ބުނުމަކުން އަދި އެކަމެއް ނުވާނެއެވެ. ވެރިކަން ލިބޭނީ ރއްޔިތުންގެ ލޯބި ލިބިގެނެވެ.