ފޮޓޯ: އެމްޑީޕީގެ ބޮޑު މުޒާހަރާ ” އިންސާފުގެ ދަތުރު” ލޯންޗްކުރުން .. 3 ފެބްރުއަރީ 2012

ފޮޓޯ: އަނދާ

ފެބްރުއަރީ 17 ވަނަ ދުވަހު އަތޮޅުތަކުން މީހުން މާލެ އައިސް ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ބޮޑު މުޒާހަރާ ރޭ ލޯންޗްކޮށްފިއެވެ.

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ޙަރަކާތް ލޯންޗްކޮށްފައިވަނީ “އިންސާފުގެ ދަތުރު” މި ނަމުގައެވެ.
މި މުޒާހަރާ ލޯންޗު ކުރުމަށް ފަހު، އެމްޑީޕީގެ ރައީސް ޑރ.ޑީޑީ އާއި، އެ ޕާޓީގެ ނައިބު ރައީސް ގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެއިޚް ޙުސައިން ރަޝީދު އަޙުމަދު އާއި އެމްޑީޕީގެ ސްޕޯކްސް ޕާސަން އަލްއުސްތާޛް އިމްތިޔާޒް ފަހުމީ އާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ބައެއް ޤާނޫނީ ވަކީލުން ވެސް ވާހަކަފުޅުދެއްކެވިއެވެ.