ފުވައްމުލަކު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވައިލައްވައިފި

ފުވައްމުލަކު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، އެބޯޑަށް ސަރުކާރުން ޢައްޔަން ކުރެއްވި މެންބަރު، ފުވައްމުލައް ނިއުސަން މުޙަންމަދު ސަޢީދެވެ. ބޯޑުގެ މެނޭޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، ސަރުކާރުން ޢައްޔަން ކުރެއްވި މެންބަރު ގޮތުގައި، ފުވައްމުލައް ހަޒާރުމާގޭ ޝައްފާފް ނަޞީރެވެ.

ފުވައްމުލަކު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ޢައްޔަން ކުރެއްވި އެހެން މެންބަރުންނަކީ، ފުވައްމުލައް އަސުރުމާގޭ ޒާހިދާ އިބްރާހީމާއި، ފުވައްމުލައް ރޭވާ އަޙްމަދު ޝަރީފެވެ.

މިބޯޑަށް ފުވައްމުލަކު އަތޮޅު ކައުންސިލުގެ ފަރާތުން ޢައްޔަން ކުރެއްވި މެންބަރުންނަކީ، ފުވައްމުލައް ފަށަލަ މުޙަންމަދު ސައިމަނާއި، ފުވައްމުލައް ފިޔަނޫމާގޭ އަޙްމަދު ނަފީސާއި، ޏ. ފުވައްމުލައް ނިއުޒީލް މުޙަންމަދު މުސްނިމް ރަޝީދެވެ.