ސަރުކާރުގެ ސިޔާސަތަށް ތާޢީދުކޮށް ވެލިދޫ ކައުންސިލުން ގަރާރެއް ފާސްކޮށްފި

އިބްރާހީމް ރާމިޒް

ސަރުކާރުގެ ސިޔާސަތަށް ތާޢީދުކޮށް ވެލިދޫ ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.

ވެލިދޫ ކައުންސިލްގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ މި ގަރާރުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން އިސްނަގައިގެން މިހާރު މާލޭގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި އާންމުންނަށާއި މީހުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދެމު ގެންދާތީ، އެފަދަ ކަންތައް ވެލިދޫ ކައުންސިލުން ކުށްވެރިކޮށް، އެފަދަ ޢަމަލުތައް ހުއްޓާލުމަށް ގޮވާލާފައިވެއެވެ.

މީގެ އިތުރުން ދިވެހި ޤާނޫނު އަސާސީ ޙިމާޔަތްކޮށްދިނުމަށް ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ވެސް މި ގަރާރުގައި ގޮވާލާފައިވެއެވެ.

ނ.ވެލިދޫ ކައުންސިލްގެ ގަރާރު ވިދާޅުވުމަށް މިލިންކަށް ފިއްތަވާލައްވާ