ނޫސް ބަޔާން: އެމް.ޑީ.ޕީ ތޮއްޑޫ ޑައިވިންގ ހަރުގޭގެ ނޫސްބަޔާން

mdp-logo-150-x-157

މިހާރު މާލޭގައި ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ދިވެހި ރައްޔިތުންގެ ގެދޮރާއި މުދަލަށާއި ، ދަޢުލަތުގެ މުދަލާއި ތަކެއްޗަށް އަދި އާންމުރައްޔިތުންގެ ފުރާނައަށް ނުރައްކާތެރިވާ ދަރަޖައަށް ކަންކަން ގޮސްފައިވުމާއި، ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ގެއްލުންތަކެއް ލިބިގެންދާތީ، މިކަންކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިހާރުން މިހާރަށް މިކަންކަން ހުއްޓާލުމަށް މާފުށީ އެމްޑީޕީ ގޮފިތަކުގެ އެންމެހައި މެމްބަރުންނާއި އަދި ސަރުކާރަށް ތާއީދުކުރާ މިރަށުގެ އެންމެހައި ބޭފުޅުންގެ ފަރާތުން ގޮވާލަމެވެ.

މިމުޒާހަރާތަކާއި އަދިވެސް އިދިކޮޅު ފަރާތްތަކުން އިސްވެއޮވެ ރައްޔިތުންނަށް އަވާމެންދުރު ދައްކައިގެން، ނަމުގައި ސަރުކާރު ޒިންމާދާރު ކުރުވުމަށް، ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ކުރާ ތަފާތު އެކިކަންތައްތައް ، މިރަށުގެ އެންމެހާއި އެމްޑީޕީ މެމްބަރުންނާއި އަދި ސަރުކާރަށް ތާއިދު ކުރާ މިރަށުގެ އެންމެހައި ބޭފުޅުންގެ ފަރާތުން ކުށްވެރިކޮށް މިމުޒާހަރާތަށް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލަމެވެ.

ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރު އެޅުމަށް ދައުލަތުގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކުރައްވާ މަސައްކަޕުޅުތަކަށް ތޮއްޑޫ އެމްޑީޕީ ގޮފިތަކުގެ އެންމެހާ މެންބަރުންގެ ފުރިހަމަ ތާއީދު އެބައޮތެވެ.

މިއަދު ޤައުމަށް ދިމާވެފައިވާ މި ޙާލަތުން އަރައިގަތުމަށް ދިވެހި ފުލުހުންނާއި ސިފައިން އަޅުއްވަމުންގެންދަވާ އެންމެހާ ފިޔަވަޅުތަކަކީ ޤައުމުގެ މަސްލަޙަތާ އަމާންކަން ޤާއިމުކުރުމަށް އަޅުއްވާ ޙިކްމަތްތެރި ފިޔަވަޅުތަކެއްކަމަށްވެސް ޤަބޫލުކޮށް އެކަންތައްތަކައްވެސް ތާޢީދުކޮށް ދިވެހި ފުލުނުންނާއި ސިފައިންނަށް އެމް.ޑީ.ޕީ ތޮއްޑޫ މެމްބަރުންގެ ނަމުގައި ޝުކުރު ދަންނަވަމެވެ. އަދި ހަމަ އެހެންމެ ތޮއްޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީވަހީދު ތި ކުރައްވާ އިހްލާސްތެރި ހިތްވަރު ގަދަ މަސައްކަތަށް ޓަކައި ތޮއްޑޫ ރައްޔިތުންގެ ނަމުގައި ވަރަށް އިހްލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަމެވެ.

ގިނަ ޕާރޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއްގައި ވާދަވެރި އިންތިޚާބެއްގައި ރައްޔިތުންނަށް ހުށައެޅި ކަންކަމަކީ ރައްޔިތުންނަށް ކަމުދާކަންކަން ރައްޔިތުންގެ ގިނަބަޔަކުބުނެ، ރައްޔިތުންގެ ފުރިހަމައަޤުލަބިއްޔަތުން ހޮވި މި ސަރުކާރުން އެކަންކަން ފުރިހަމަވާ މިންވަރާމެދު ޙަސަދަވެރިވެ، ޤާނޫނީ މުއްދަތުގެކުރިން ޤާނޫނީއިމުން ބޭރުން މިސަރުކާރު ބަދަލުކުރުމަށް އިދިކޮޅުފަރާތްތަކުން ފަށާފައިވާ މަސައްކަތްތަކަށް ހިތްވަރުލިބޭގޮތަށް ދައުލަތުގެ ބައެއްމުއައްސަސާތަކުން ކުރާމަސައްކަތްތަށް މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ގޮވާލަމެވެ.

ނޫސް ބަޔާން ނެރުނީ : އއ.ތޮއްޑޫ އެމް.ޑީ.ޕީ ޑައިވިންގ ހަރުގެ 7 ގޮފީގެ ފަރާތުން
ތޮއްޑޫ އެމް.ޑީ.ޕީ ޑައިވިންގ ހަރުގޭގެ ރައިސް ހަސަން ޝާކިރު