މިރާއްޖޭގައި އެންމެ ގިނަ ޢިލްމުވެރިން ބައިޢަތުހިފި ފުރަތަމަ ރައީސަކީ މުޙައްމަދު ނަޝީދު – އަލްޙާން

ފަހަލަސަޢީދު

alhaan-fahumy

މިރާއްޖޭގައި ވެރިކަން ކޮށްފައިވާ ވެރިންގެ ތެރެއިން އެންމެގިނަ ޢިލްމުވެރިން ބައިޢަތު ހިފާފައިވާ ވެރިޔަކީ މިހާރު ވެރިކަން ކުރައްވަމުން ގެންދަވާ ގ.ކެނެރީގޭ މުޙައްމަދު ނަޝީދުކަމުގައި އެމްޑީޕީގެ ނާއިބްރައީސް ޢަލްޙާނު ފަހުމީ ވިދާޅުވެއްޖެއެވެ.

ޢަދާލަތުޕާޓީގެ ރައީސް ޢިމްރާން މިސަރުކާރު ވައްޓާލުމަށް ދީނީ ފަތުވާ ދެމުންގެންދާ ގެންދިއުން ކުށްވެރިކުރައްވާ ޢަލްހާނު ވާހަކަފުޅު ދެއްކެވީ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި އެޕާޓިގެ ” ތިހެނެއް ނުކިޔޭނެ” ސިލްސިލާ ޖަލްސާގައެވެ.

ޢަލްޙާނު ވިދާޅުވީ މިދީބު އުޑުން ދީނީ ޢީލްމުވެރިންގެ ނަންފުޅުތައް ފުރަތަމަފަހަރަށް ފިޔަޖަހާލީ ވެސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކަން މިގައުމުގެ ކޮންމެފަރުދަކުމެ ހެކިވާނެ ކަމުގައެވެ. ދަންނަބޭކަލުން ނަކީ އޭރަކު އެދަންނަބޭކަލަކު ނުރުހުން ރައްދުވާ ފަރާތަކީ ކާފަރުން ކަމަށް ސިފަވާފަދަ ޢިބާރާތުން ރައްޔިތުންނަށް އޮޅުންއަރާފަދަ ދީނީ ފަތުވާ ދެއްވާ ބަޔަކަށް ވާނަމަ އަދި މިވެރިކަމާ ދެކޮޅަށް މިސަރުކާރާއި ރައްޔިތުންގެ ބޮލުގައި ދީނީ އިލްޒާމުތައް އަޅުވަމުން ދާ އެއްވެސް ދަންނަ ބޭކަލަކު ރައްޔިތުން ދެން ބަލައި ނުގަންނާނޭކަމުގައި އަލްޙާނު ވިދާޅުވިއެވެ

މައުމޫނަކީ ކާފަރެކޭ ބުނި ދަންނަބޭކަލުން މިއަދު މަސައްކަތް ކުރަމުން އެދަނީ މައުމޫނު މިގައުމުން ކޮށްފައިވާ ވައްކަން ތަކާ ހިންގާފައިވާ ޖަރީމާތަކަށް ފަސްއަޅާ ފޮރުވުމުގެ މުޑުދާރު ޢަމަލުތައް ރައްޔިތުންނަށް ފޮރުވާ އެ އަނިޔާވެރިޔާ މިރާއްޖޭގެ ވެރިކަމަށް ގެނައުމަށް ކަމަށާއި މަގުމަތިން ވެރިކަން ބަދަލު ކުރުމުގެ ނިޔަތުގައި މަގުތަކަށް ލަޓިބުރި ހިފައިގެން ނުނިކުތުމަށާއި އެގޮތަށް މަގުމަށްޗަށް ދެން ނުކުމެއްޖެނަމަ އެމްޑީޕީން ވެސް ބަލަން ނޯންނާނޭ ކަމުގައި ވިދާޅުވިއެވެ. .